ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބް 2023 – ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކުރުމާއި ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.
2023 ސެޕްޓެންބަރ 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައވާ ރިޔާސީ އިންތިޚާބްގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ 2023 ޖޫން 11 ވީ އާދިއްތަ ދުވަހުވަނީ
އާންމުކޮށްފައެވެ. މިރަޖިސްޓްރީ ދިވެހި ސަރުކާރުގެ ގެޒެޓު (http://www.gazette.gov.mv) ގައި، އަދި އިލެކްޝަން ކޮމިޝަންގެ ވެބްސައިޓް (www.elections.gov.mv) ފެންނަން ހުންނާނެއެވެ.
މީގެ އިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.
މިރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅާނީ 2023 ޖޫން 11 އިން 2023 ޖޫން 22 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 ން މެންދުރު 03:00 އަށެވެ.
ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު 03:00 އިން ހަވީރު 05:00 އަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. ރަށުގައިނަމަ ރަށު ކައުންސިލުންނެވެ. ޝަކުވާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި
ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.