ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން ނަންބަރު: (IUL)168-CA/1/2014/40 ގައިވާ ޕޮލިސީ އޮފިސަރުގެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު

ބޭނުންވާ ޢަދަދު

ޝަރުޠު

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

ޕޮލިސީ އޮފިސަރ

(7 މަސް ދުވަހުގެ މުއްދަތަށް)

 

01

މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރޒް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ހާސިލް ކޮށްފައިވުން އަދި މަޤާމާގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ  މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ކޮމިޝަނުގެ އެސިސްޓަންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން

 

ހެނދުނު 8.00 އިން މެންދުރުފަހު 15.00  އަށް،

 

މަހަކު

-/10,550 ރުފިޔާ

  • ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓްގެ ޕޮލިސީ ޔުނިޓްގެ އެންމެހައި ކަންތައް ޑިރެކްޓަރުގެ ލަފާގެ މަތިން ރާވައި ހިންގުން.
  • މިނިވަން މުސްތަޤިއްލު މުއައްސަސާތަކާ ގުޅޭ އެކަށޭނަ ސިޔާސަތުތަކަކީ ކޮބައިތޯ ބަލައި އެފަދަ ސިޔާސަތުތަކާއި ގުޅޭގޮތުން ލަފައާއި އިރުޝާދު ދިނުމާއި ކޮމިޝަނުން ޢަމަލުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލާ އެކަށައެޅުމުގައި ޢަމަލީގޮތުން މަސައްކަތް ކުރުން،
  • ސަރުކާރުންނާއި އެހެނިހެން އިދާރާތަކުން ކޮމިޝަނުން އެކުލަވައިލާ އިންސާނީ ޙައްޤުތަކާގުޅޭ ސިޔާސަތުތައް ދިރާސާކޮށް ޑިރެކްޓަރުގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތް ކުރުން

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ( އެންޓި ޓޯޗަރ ސެކްޝަން)

އިންވެސްޓިގޭޝަންސް އޮފިސަރ

(1 އަހަރު ދުވަހުގެ މުއްދަތަށް)

02

މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރޒް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 07 ވަނަ  ސަނަދު ހާސިލު ކޮށްފައިވުން އަދި މަޤާމާގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ  މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބަ ލިބިފައިވުން ނުވަތަ ކޮމިޝަންގެ އެސިސްޓަންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން

ހެނދުނު 8.00 އިން  މެންދުރުފަހު 15.00 އަށް،

 

މަހަކު

-/10,550 ރުފިޔާ

  • ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެހެން ފަރާތަކަށް ދޭންޖެހޭ މަޢުލޫމާތު ކަޑައެޅިފައިވާ ގަވާއިދުގެ މަތިން ދިނުން
  • ހުށަހެޅޭ މައްސަލަތަކުގައި ވާހަކަ ދައްކަންޖެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން މައްސަލަތަށް ޙައްލުކުރުމަށް މަސައްކަތް ކުރުން،
  • މައްސަލަތަކާއި ބެހޭ ގޮތުން ކުރަންޖެހޭ ދިރާސާތަށް ކުރުމުގައި ހޯދަންޖެހޭ މަޢުލޫމާތު ހޯދުން

ނޯޓު: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، މުސާރައިގެ އިތުރުން ކޮންމެ މަހަކު ސަރވިސް އެލަވަންސްގެ ގޮތުގައި -/3500 ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި  ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: ވަޒީފާއަށް އެދި ފޮނުވާ ސިޓީ، މިކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެން ހުންނާއެވެ.) ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ސުންގަޑި:  2015 ފެބުރުވަރީ 11 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ , 3003173 3003143 ނަންބަރުގެ ފޯނަށެވެ.

 6 ރަބީޢުލައާޚިރު 1436

27 ޖަނަވަރީ 2015
ހޯދާ