ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
(މޯލްޑިވްސް ފޯރ ދި އޯޝަންސް) ފާހަގަ ކުރުން.

ނަންބަރ: (IUL)258/258/2023/102            

 

އިޢުލާން

    

(މޯލްޑިވްސް ފޯރ ދި އޯޝަންސް) ފާހަގަ ކުރުން.

 

 

                ދުނިޔޭގެ ކަނޑުތަކާއިބެހޭ މަސް ފާހަގަ ކުރުމުގެ ގޮތުން "ޕާލޭ މޯލްޑިވްސް" އިން އިންތިޒާމުކޮށްގެން 2023 ޖޫން 17 ވަނަ ދުވަހު މޯލްޑިވްސް ފޯރ ދި އޯޝަންސްގެ ނަމުގައި މުޅިރާއްޖޭގެ އައްސޭރިފަށް (ގޮނޑުދޮށް، ފަޅުތެރެއާއި ފަޅުމަތި) ސާފު ކުރުމުގެ ބޮޑު ޙަރަކާތެއް ހިންގުމަށް އިންތިޒާމު ކުރަމުން ގެންދާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިއިދާރާއަށް އަންގަވާފައިވާތީ ދަންނަވަމެވެ.

                މަތީގައި ބަޔާން ކުރެވިފައިވާ ހަރަކާތްތަށް 2023 ޖޫން 17 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ފެށުމަށް މި އިދާރާއިން މިދަނީ ތައްޔާރު ވަމުންނެވެ. މި ހަރަކާތުގައި މުޅިރަށުގެ ގޮނޑުދޮށް ހޭޅިފަށާއި، އަތިރިމަތި ސަރަހައްދުތައްވެސް ސާފުކުރުމުގެ މަސައްކަތް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

                ވީމާ، މިހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން 2023 ޖޫން 17 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:50 އަށް ބަނދަރު ފެރީ ޓާމިނަލް ސަރަހައްދަށް ވަޑައިގެން ދެއްވުން އެދެމެވެ.

                ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

22  ޛުލްޤާއިދާ  1444

11   ޖޫން   2023

11 ޖޫން 2023
ހޯދާ