މަޤާމް:
|
ސެކިޔުރިޓީ އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
01(އެކެއް)
|
މަޤާމުގެ ގިންތި:
|
ވަގުތީ ( ވޭޖް އެމްޕްލޯއިމަންޓް)
|
ޔުނިޓް:
|
ކޯޕަރޭޓް އެފެއާރޒް
|
މަޤާމު އޮތް އޮފީސް:
|
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ގދ. ރަތަފަންދޫ ކައުންސިލް އިދާރާ
|
|
|
އުޖޫރަ
|
މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 33.65 (ތެއްތިރީސް ރުފިޔާ/ ފަސްދޮޅަސްފަސްލާރި)
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވަގުތު
|
ޝިފްޓް ޑިއުޓީގެ އުޞޫލުން ކޮންމެ ދުވަހަކު 18:00 އިން 00:00 އަށް އަދި 00:00 އިން 06:00 އަށް (ކޮންމެ ހަފްތާއަކު 1ދުވަސް އޮފް ޑިއުޓީގެ ގޮތުގައި ލިބޭގޮތަށް)
|
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
1- ޑިއުޓީ ކުރަންފެށުމުގެ ކުރިން ކައުންސިލް އިދާރާގެ ސަލާމަތާގުޅޭ ކަންކަން ހުރިނެތްގޮތް ބަލައި ފާސްކުރުން
2- ކައުންސިލްއިދާރާ ހިމެނޭ ޢިމާރާތާއި ގޯތިތެރާއި ވަށައިގެންވާ މަގުތައް ބެލެހެއްޓުން
3- ސެކިއުރިޓީ ބަލަހައްޓާ ގަޑިތަކުގައި ވަކިކަމަކަށް އިދާރާއަށް ވަނުމަށް ހުއްދަ ދީފައިވާ އިދާރާގެ މުވައްޒަފުން ނުވަތަ މީހުން ފިޔަވައި އިތުރުމީހުން ނުވަތަ ބަޔަކު އިދާރާގެ ގޯތިތެރެއަށާއި އިދާރާއަށް ވަނުން މަނާކުރުން
4- ހަމަޖެހިފައިވާ އުޞޫލާ ޚިލާފަށް ކައުންސިލް އިދާރާގެ ގޯތިތެރެއަށް ތަކެތި ވައްދައި ނެރުނަ ނުދިނުން
5- އިދާރާގެ ޑިއުޓީ ކުރަމުންދާއިރު ހިނގާ އާދަޔާ ޚިލާފު ކަންތައްތައް ލިޔެ ނޯޓް ކުރުމަށްފަހު ދުވަހުން ދުވަހަށް ކައުންސިލް އިދާރާއަށް ހުށަހެޅުން
|
މަޤާމުގެ ޝަރުޠުތައް:
|
1- ސާނަވީ ތަޢުލީމް ގްރޭޑް 7 ނިންމާފައިވުން
2- މުއާމަލާތު ކުރުމުގެ ރިވެތި އަޚްލާޤާއި ޤާބިލުކަން ހުރުން
|
ހުށަހަޅަންޖެހޭ ލިއުންތައް:
|
- ވަޒީފާއަށް އެދޭ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ ވަޒީފާގައި އުޅޭ ކަމުގެ ލިޔުމާއި، އަދި އުޅޭ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދީފައިވާ ލިޔުން
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖޫން 18 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.އީ-މެއިލްއެޑްރެހަކީ،[email protected] އެވެ.ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އެހެނިހެން ކަންތައްތައް:
|
- ވަޒީފާއަށް ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބާޠިލްކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2023 ޖުލައި 03 އާއި 2023 ޖުލައި 11 އާ ދެމެދު ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.
|