ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.އޮމަދުއަށް އެސް.ޓީ.އޯގެ ކާޑު އެޖެންޓެއް ހޯދުމާ ގުޅޭ

           މިރަށުގެ ރައްޔިތުންނަށް ދަތިނުވެ ކާޑުގެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކާ އިތުރު ކާޑު އެޖެންޓެއް ނެގުމަށް އެސް.ޓީ.އޯ އިން ވަނީ ނިންމަވާފައެވެ.

           ވީމާ، ކާޑު އެޖެންޓަކަށްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތަކެއްޗާ އެކު 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

                    ހުށަހަޅަންޖެހޭ ތަކެތި

1-      ވިޔަފާރި ރަޖިސްޓްރޭޝަން (ކޮޕީ)

2-      ޖީ.އެސް.ޓީ / ބީޕީޓީ ރަޖިސްޓްރޭޝަން (ކޮޕީ)

3-      ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (ކޮޕީ)

           އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ 6780039 އާއި ގުޅުއްވުން އެދެމެވެ.

11 ޖޫން 2023
ހޯދާ