ދިވެހިރާއްޖެ
ނަންބަރު: 95(IUL)403-A/403/2023/
އިޢުލާން
ކޯޓޭޝަން ހުށަހެޅުމާއި ގުޅޭ
ލ.މާމެންދޫ ބީޗް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާމެންދޫ ދެކުނު ފަރާތުގެ މޫދުގައި "މޫދު އުނދޯލި" ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މި މަސައްކަތަށް ބޭނުންވާ ލަކުޑި ޕޯލް މިއިދާރާއިން މަސައްކަތްކުރާ ފަރާތާއި ހަވާލު ކުރެވޭނެއެވެ. މީގެ އިތުރުން މަސައްކަތަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދާނީ މަސައްކަތަށް ކުރާ ފަރާތުންނެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ޙާޟިރުވުމަށް ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލްގެ ނަންބަރު 6800705 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ. އިއުލާނާއެކު ކޯޓޭޝަން ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ޝީޓް އަދި ކުރެހުންތަކުގެ ނަމޫނާ އެޓޭޗް ކުރެވިފައި ވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
22 ޛުލްޤަޢިދާ 1444ހ