ދިވެހިރާއްޖެ
ތިރީގައި މި ދައްނަވާ ސަރަހައްދު ތަކުގައިވާ ރުއްތަކާއި ބަބުކެޔޮ ގަސްތައް 5 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް
ދިނުމަށް ކައުންސިލުން ވަނީ ނިއްމާފައެވެ.
* މާމިސްކިތު ގޯތި ތެރެޔާއި ގަބުރުސްތާނުގައިވާ ރުއްތައް
* ވަޅުމަގުގައި ހުރި ކައުންސިލްގެ ރުއްތައް
* މާމިސްކިތުގެ ގަބުރުސްތާނު ކައިރީގައި ހުރި ބަބުކެޔޮގަސްތައް
މި ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 ޖޫން 2023 ވާ ބުރާސްފަތިދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން
2000 ރުފިޔާ ޑިޕޮސިޓުފައިސާގެގޮތުގައި ކައުންސިލުގައި ބަހައްޓަވަން ޖެހޭނެއެވެ
ނީލަން ކިޔުން އޮންނާނީ 18 ޖޫން 2023 ވާ އާދިއްތަ ދުވަހު 09:30 ގައި ތޮއްޑޫ ކައުންސިލް އިދާރާގައެވެ. ނީލަމުގައި
ރުއްތައް ކުއްޔަށް ނަގާފަރާތްތަކުން ކައުންސިލަށް ދައްކަވަންޖެހޭފައިސާ 3 ދުވަހުގެ ތެރޭގައި ނުދައްކަވައިފިނަމަ ޑިޕޮސިޓުގެ ގޮތުގައި
ބެހެއްޓިފައިސާ އަނބުރާ ނުލިބޭނެއެވެ. އަދި ފައިސާ ނުދައްކާ ރުއްތައް އަލުން ނީލަން ކިޔޭނެ ވާހަކަ ދައްނަވަމެވެ.
ވީމާ މިކަން ރައްޔިތުންނަށް އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.