ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދިވެހިން ހޯދުމަށް ވިޔަފާރިތަކަށް އެހީވުން
ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގެ ކައުންޓަރުތަކުގައި ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެ ގޮތުގައި، ބިދޭސީން މަސައްކަތް ކުރުމަކީ، 1 އެޕްރީލް 2015 އިން ފެށިގެން މަނާ ކަމެއް ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
މިހެންކަމުން، މި ވަޒީފާ ދިވެހިންނަށް ޚާއްޞަކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، މިދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާއި މި ފަދަ ވަޒީފާ ދޭފަރާތްތަކަށް އަމާޒުކޮށް، މި މިނިސްޓްރީން މިހާރު ނިންމާފައިވަނީ، ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގެ ކައުންޓަރުތަކުގައި ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެ ގޮތުގައި ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެކަމަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ހިންގުމަށެވެ. އަދި މިޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު މި ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މިނިސްޓްރީގެ އަމާޒަކީ، މިނިސްޓްރީ އިން ހިންގާ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކާއި، ވަޒީފާ ދޭފަރާތްތަކާއި ގުޅުވައިދެވޭނެ ނިޒާމެއް ޤާއިމު ކުރުމެވެ.
ވީމާ، ކޭޝިއަރުންގެ ވަޒީފާ ދޭ ފަރާތްތައް، ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގެ ކައުންޓަރުތަކުގައި ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާނެ ފަރާތްތައް ހޯދަން ބޭނުންވާ ވިޔަފާރިތަކަށް، މިމިނިސްޓްރީގައި ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިހެންކަމުން، ރަޖިސްޓަރީ ކުރެއްވުމަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ. މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3333142 އަށް ގުޅުއްވުން އެދެމެވެ.
07 ރަބީޢުލްއާޚިރް 1436