ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ދެވަނަ ޓާމުގެ އިތުރު ކޯސްތަކަކަށް އިޢުލާން ކުުރުން

 

އިޢުލާން

 

2023 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައިއެވެ. މި ކޯސްތަކަށް އެޕްލައިކުރުން 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކަށް އަދި 2023 ވަނަ އަހަރު 2 ވަނަ ޓާމުގައި ފެށުމަށް ހަމަޖެހިފައިވާ އެހެނިހެން ކޯސްތަކުގެ މަޢުލޫމާތު  courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

ސްކޫލް އޮފް ނާރސިންގ

  1. ބެޗްލަރ އޮފް ނަރސިންގ (އޮޕްޝަން ސީ) – ކ. މާލެ

 

ފެކަލްޓީ އޮފް އެޑިޔުކޭޝަން

  1. ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ  (ކެމިސްޓްރީ އެންޑް މެތަމެޓިކްސް) – ކ. މާލެ
  2. ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ  (މެތަމެޓިކްސް) – ކ. މާލެ

 

 

ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތަވާލައްވާ:

https://mnu.edu.mv/application-announcements-2023-term-2/

 

 

22 ޛުލްޤަޢިދާ 1444

11 ޖޫން 2023
ހޯދާ