ދިވެހިރާއްޖެ
އިޢުލާން ނަންބަރު: 134-PRO/I/2023/43
ތާރީޚް: 08 ޖޫން 2023
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) އަށް ފެރީ ދޯންޏެއް ވިއްކާނެ ފަރާތެއް ހޯދުން
މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) އަށް ފެރީ ދޯންޏެއް ވިއްކާނެ ފަރާތެއް ހޯދުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ.
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް
|
ތާރީޙް |
ވަގުތު |
|||
ބިޑްހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް |
21 ޖޫން 2023 |
މެންދުރު 12:00ގެ ކުރިން |
||
މަޢުލޫމާތު ކަރުދާސް |
އެޓޭޗްކުރެވިފައި |
||||
އަންދާސީ ހިސާބު ހުށަހެޅުން |
އީމެއިލް މެދުވެރިކޮށް |
21 ޖޫން 2023 |
މެންދުރު 01:00ގެ ކުރިން |
||
ބިޑް ހުޅުވުން |
މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް |
21 ޖޫން 2023 |
މެންދުރު 02:00ގައި |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
ނޯޓް: ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.