އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީ ޓާމިނަލްގެ ކޮންކްރީޓް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިރަށު، ބަނދަރު ސަރަޙައްދުގައި ހެދުމަށް ހަމަޖެހިފައިވާ ފެރީޓާމިނަލްގެ އެންމެހައި ކޮންކްރީޓް މަސައްކަތްތައް، މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2023 ވާ،  ބުދަ ދުވަހުގެ 09:00 ގެ ކުރިން މި އިދާރާގެ އީ-މެއިލް އެޑްރެސް [email protected] އަށް މެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. މަޢުލޫމާތު ދިނުން އޮންނާނީ 15 ޖޫން 2023 ވާ  ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުން، އޮންނާނީ 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހު13:30   ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަންދާސީ ހިސާބު ހުށަހަޅަން މިއިދާރާގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރެވޭނީ 3،000.00 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. މަޢުލޫމާތު ދިނުމުގެ ޝެޝަންގައި ބައިވެރި ވެލެއްވޭނީވެސް ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

08 ޖޫން 2023
ހޯދާ