ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
2 ޕާކުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

         ހައްދުންމަތީ ކަލައިދޫގައި ހަދާ ކުޑަކުދިންގެ ޕާކާއި، ގަސްޕާކުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

         ވީމާ، މިކައުންސިލުންދޭ ކުރެހުމާއި، ބީ.އޯ.ކިއު އާއި، މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 12 ޖޫން 2023 ވާ ބްރާސްފަތި ދުވަހުން ފެށިގެން 19 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00 ދެމެދުގެ ވަގުތެއްގައި، މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓްގެ ގޫގްލް ފޯމް ފުރުއްވުން އެދެމެވެ. މި ބީލަމުގައިވާ  ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 19 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 ޖޫން 2023 ވާ ބްރާސްފަތި ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

1. އަންދާސީ ހިސާބު ހުށަހަޅަންޖެހޭގޮތާއި، އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތާއި، އަންދާސީ ހިސާބު ހުށަހެޅޭނެ ފަރާތްތައް:

  1. އަންދާސީ ހިސާބު ހުށަހަޅާނީ، 2 ޕާކުގެ މަސައްކަތަށް ވަކިން މަޢުލޫމާތު ޝީޓާ އެޓޭޗްކުރެވިފައިވާ އަންދާސީހިސާބު ހުށަހަޅާ ފޯމާއި ބީ.އޯ.ކިއު ފުރިހަމަ ކުރުމަށްފަހު އެ ތަކެއްޗާއެކުގައެވެ.  އަގުހުށަހަޅާ ފޯމާއި ބީ.އޯ.ކިއު ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. ބީ.އޯ.ކިއު ފުރިހަމަ ވީކަމަށް ބަލާނީ ޝަމަރީ ޝީޓް ފުރިހަމަކޮށް، އަގު ހުށަހެޅުމަށް ބީ.އޯ.ކިއުގައިވާ ހުރިހާކަމަކަށް އަގުޖަހާފައިވުން ނުވަތަ ބީ.އޯ.ކިއުގައިވާ ކަމަކަށް އަގުހުށަހަޅަން ބޭނުން ނުވާނަމަ އެދިމާލެއްގައި ޑޭސް ޖެހުމަށްފަހު، ބީ.އޯ.ކިއު ފުރިހަމަ ކުރުމަށްފަހުގައެވެ. އަދި  ބީ.އޯ.ކިއުގައިވާ މަސައްކަތްތަކުގެ ތެރެއިން ކަމަކަށް އަގުހުށަހަޅާފައި ނުވިނަމަވެސް އެމަސައްކަތަކީ ޕާކުގެ މަސައްކަތް ތަކުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށްވާނަމަ އެމަސައްކަތެއް މަސައްކަތް ޙަވާލުވާފަރާތުން އެއްވެސް އަގަކާނުލާ ފުރިހަމަކޮށް ދޭންވާނެއެވެ. އަދި ފުރިހަމަ ނުކޮށް ހުށަހަޅާފައިވާ އަންދާސީ ހިސާބެއް ބަލައިގަނެފައިވީނަމަވެސް އިވެލުއޭޝަން މަރުހަލާގައި އެކަން ފާހަގަކުރެވިއްޖެނަމަ އެފަދަ އަންދާސީ ހިސާބުތައް އިވެލުއޭޝަންގައި ބައިވެރިއެއް ނުކުރެވޭނެއެވެ.
  2. މި ޕްރޮޖެކްޓުގެ ކޮންމެ ޕާކެއްގެ ވަކި ބިޑްސެކިޔުރިޓީގެ ގޮތުގައި -/20500ރ (ވިހި ހާސް ފަސްސަތޭކަ ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 120 ދުވަހެވެ.
  3. މި ޕްރޮޖެކްޓްގެ ޖުމްލަ އަގު ކަމަށް ބަލާނީ، އިވެލުއޭޝަންގައި އަގު ޗެކް ކުރުމުން އަންނަ އަގެވެ. (އަގު ޗެކް ކުރުމުގައި ބަލާނީ ކަލްކިއުލޭޝަން އެރައެއް ހުރިތޯއާއި، މަތީގައިވާގޮތަށް އަގު ހުށަހަޅަންޖެހޭ ބައިތަކަށް އަގު ހުށަހަޅާފައިވޭތޯއެވެ.)
  4. އަގު ހުށަހަޅަންވާނީ ސައިޓް މިހާރު އޮތް ހާލަތާއި، ދީފައިވާ ކުރެހުންތަކާއި، މަޢުލޫމާތު ޝީޓާއި، އަންދާސީހިސާބު ހުށަހަޅާ ފޯމާއި، ބީ.އޯ.ކިއު ފާހަގަކޮށްފައިވާ ކަންތައްތަކަށް ރަނގަޅަށް ބެލުމަށްފަހުގައެވެ.  އެގޮތުން މަސައްކަތް ޙަވާލުވާފަރާތަކުން މުޅިމަސައްކަތް ކުރިއަށް ގެންދަންވާނީ ދީފައިވާ ކުރެހުމާއި މަޢުލޫމާތު ޝީޓާއި، ބީ.އޯ.ކިއުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
  5. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސް.އެމް.އީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  6. މި މަސައްކަތް ޙަވާލު ކުރުމުގައި، މާލިއްޔަތުގެ ޤަވާޢިދުގެ 10.77 ވަނަ މާއްދާއަށް ރިޔާއަތްކޮށް، މިނިސްޓްރީ އޮފް ފިނޭންސް އިން ނެރެފައިވާ "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަން ތަކުގައި ސަރަހައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލް" ގައިވާ ގޮތުގެމަތިން، އަމަލު ކުރެވޭނެއެވެ.
  7. ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން، މީރާއިން ދޫކުރާ ޓެކްސް ކުލިއަރެންސް ރިޕޯޓު (ދޫކުރިފަހުން 03 (ތިނެއް) މަސް ހަމަނުވާ ލިޔުން) ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅާ އަންދާސީހިސާބުގައި ޖީ.އެސް.ޓީ ވަކިން އެނގޭގޮތަށް ހިމަނަންވާނެއެވެ. އަންދާސީ ހިސާބާއެކު ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  8. 2018 ވަނަ އަހަރުން ފެށިގެން ބިލްޑިންގ ކޮންސްޓްރަކްޝަންގެ ގޮތުގައި -/200,000ރ (ދެލައްކަ ރުފިޔާ) އަށްވުރެ މަތީގެ މަސައްކަތް ނިންމާފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ދީފައިވާ ލިޔުން މަސައްކަތުގެ ތަޖުރިބާގެ ލިއުމުގެ ގޮތުގައި ހުށަހެޅޭނެއެވެ. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބެލޭނީ ހަމައެކަނި މިފަދަ ލިޔުންތަކަށެވެ. (އެގްރިމެންޓްތަކާއި، މަސައްކަތް ލިބުނުކަމާއި، މަސައްކަތް ޙަވާލުކުރިކަމުގެ ލިއުމާއި، ޕީ.އޯތައް މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ.) ތަޖުރިބާގެ ގޮތުގައި ހުށަހަޅާ ލިއުމުގައި މަސައްކަތުގެ އަގާއި، މަސައްކަތް ނިންމިތާރީޚް އެންގެން ނެތް ލިއުންތައް ތަޖްރިބާގެ ލިއުމުގެ ގޮތުގައި ނުހިމެނޭނެއެވެ.
  9. މަސައްކަތަށް ބޭނުންވާ ފައިނޭންސް، އަދި މުދާ ލިބެން ހުރިކަމުގެ ލިޔުންތައް ހުށަހަޅަންވާނެއެވެ. (ބިޑް ހުޅުވާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހަށްވުރެ ގިނަ ދުވަސްނުވާ، ބިޑް ހުށަހަޅާ ފަރާތުގެ ބޭންކް ސްޓޭޓްމަންޓް، އަދި ކްރެޓިޑް ފެސިލިޓީސް ލިބެން ހުރިކަމުގެ މުއްދަތު ހަމަ ނުވާ ލިޔުން) ހުށަހަޅާ ބޭންކް ސްޓޭޓްމަންޓްގައި، ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާއި، ސްޓޭޓްމަންޓް ނެގިއިރު އެކައުންޓްގައި ހުރި ފައިސާގެ އަދަދު އެނގެން އޮންނަންވާނެއެވެ.
  10. ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ.  (ޕްރޮފައިލްގައި ކުންފުނީގެ ނަމާއި، ރަޖިސްޓްރީ ނަންބަރާއި، ހިއްސާދާރުންގެ ނަންތަކާއި، ކުންފުނީގެ ފޯނު ނަންބަރާ، އީމެއިލް އެޑްރެސް ހިމެނިފައި ހުންނަންވާނެއެވެ.)
  11. ކުންފުނިން ކޮށްފައިވާ މަސައްކަތްތަކާއި، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު، ހުށަހަޅަންވާނެއެވެ. އަދި އެއްވެސް މަސައްކަތެއް ނުކުރާނަމަ އެކަން އެނގޭގޮތަށް ހުށަހަޅަންވާނެއެވެ.

 

2. މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދޭނެ އުޞޫލް އަދި ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މަސައްކަތް ޙަވާލުކުރުން.

އަގު

މުއްދަތު

ތަޖުރިބާ

ފައިނޭންސް

60 މާކްސް

15 މާކްސް

10 މާކްސް

15 މާކްސް

އަގަށް މާކްސް ދޭނެގޮތް

-  އެންމެ ކުޑަ އަގު ހުށަހާފައިވާ ފަރާތަކަށް 60 މާކްސް، ދެންހުރިއަގުތަށް މާކްސް ލިބޭނީ އެންމެ ދަށްއަގު ހުށަހެޅި ފަރާތުގެ ރޭޝިއޯއިންނެވެ.

 މުއްދަތަށް މާކްސް ދޭނެގޮތް

- އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށް 15 މާކްސް، ދެން ހުރި މުއްދަތަށް މާކްސް ލިބޭނީ އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތުގެ ރޭޝިއޯއިންނެވެ.

ތަޖުރީބާއަށް މާކްސް ދޭނެގޮތް:

- ތަޖުރިބާގެ ލިޔުން ކަމުގައި ބަލާނީ 2018 ވަނަ އަހަރުން ފެށިގެން ބިލްޑިންގ ކޮންސްޓްރަކްޝަންގެ ގޮތުގައި 200,000.00 (ދެލައްކަ ރުފިޔާ) އަށްވުރެ މަތީގެ މަސައްކަތް ނިންމާފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ދީފައިވާ ލިޔުންތަކަށް، ތިރީގައިވާ ގޮތުގެ މަތިންނެވެ. 200,000.00 (ދެލައްކަ ރުފިޔާ) އަށްވުރެ ދަށުގެ ލިޔުންތަކަށް މާކްސްއެއް ނުލިބޭނެއެވެ.

ތަފްސީލް

ލިބޭ މާކްސް

ގިނަވެގެން މާކްސް ލިބޭނެވަރު

200,000.00 ރުފިޔާއިން ފެށިގެން 499,999.00 ރުފިޔާ އާއި ދެމެދުގެ މަސައްކަތް ކޮށްފައިވާ ކޮންމެ ލިޔުމަކަށް.

2

ތަޖުރިބާގެ ބައިން އެންމެ ގިނަވެގެން ލިބޭނީ 10 މާކްސް އެވެ.

500,000.00 ރުފިޔާއިން ފެށިގެން 999,999.00 ރުފިޔާ އާއި ދެމެދުގެ މަސައްކަތް ކޮށްފައިވާ ކޮންމެ ލިޔުމަކަށް.

2.5

1,000,000.00 ރުފިޔާއިން މަތީގެ ކޮންމެ ލިޔުމަކަށް.

5

  ފައިނޭންސްއަށް މާކްސް ދޭނެގޮތް:

ތަފްސީލް

ލިބޭ މާކްސް

ގިނަވެގެން މާކްސް ލިބޭނެވަރު

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓަށް ބަލާއިރު، ހުށަހަޅާފައިވާ އަގަށްވުރެ 2/1 ފައިނޭންސް ލިބެންހުރި ކަމަށް ސްޓޭޓްމަންޓުން ދައްކާނަމަ.

5

ފައިނޭންސްއަށް އެންމެ ގިނަވެގެން ލިބޭނީ 15 މާކްސް އެވެ.

ހުށަހަޅާފައިވާ ކްރެޑިޓް ފެސިލިޓީސްއަށް ބަލާއިރު، ހުށަހަޅާފައިވާ އަގަށްވުރެ 2/1 ކްރެޑިޓް ފެސިލިޓީސް ލިބެންހުރި ކަމަށް ދައްކާނަމަ.

5

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓަށް ބަލާއިރު، ހުށަހަޅާފައިވާ އަގާއެއްވަރު ނުވަތަ އެއަށްވުރެ ގިނައިން ފައިނޭންސް ލިބެންހުރި ކަމަށް ސްޓޭޓްމަންޓުން ދައްކާނަމަ / ނުވަތަ މިއަދަދަށް ކްރެޑިޓްޑް ފެސިލިޓީސް ލިބެން ހުރިކަމަށް ދައްކާނަމަ.

10

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން[email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

ރެޖިސްޓްރޭޝަން ފޯމުގެ ލިންކް ތިރީގައި މިވާ ކިއު.އާރ ކޯޑް ސްކޭން ކޮށްލުމުން ލިބިވަޑައިގަންނަވާނެއެވެ.

https://forms.gle/BMywZ3DjdiBrhbQ87

08 ޖޫން 2023
ހޯދާ