މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު 2023 ޖޫން 08 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވައިލައިފީމެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކާއި ދާއިރާތަކަކީ: 

ކެޓަގަރީތައް:

(1)   ނޫސްމަޖައްލާ ކެޓަގަރީ

(2)   ބްރޯޑްކާސްޓިންގ ކެޓަގަރީ

 

ދާއިރާތައް:

(1) ތަޙްޤީޤީ ނޫސްވެރިކަން

(2) ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާޢީ ދާއިރާ

(3) ސިޔާސީ

(4) ޝަރުޢީ އަދި ޤާނޫނީ ދާއިރާ

(5) ވިޔަފާރިއާއި އިޤުތިޞާދު

(6) ކުޅިވަރު

(7) ފޮޓޯ ޖާރނަލިޒަމް

(8) ވީޑިއޯ ޖާރނަލިޒަމް

(9) ގްރެފިކްސް އާއި އިލެސްޓްރޭޝަންސް

(10) ފީޗަރ

(11) އުންމީދީ ނޫސްވެރިޔާ

(12) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ތިން ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" މި އިޢުލާނާއެކު އާންމުކޮށްފައިވާނެއެވެ.

ވީމާ، މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 2023 ޖުލައި 02 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، އިނާމަށް އެދި ހުށަހަޅާ ފޯމު، މި ކައުންސިލަށް ހާޒިރުވެ ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.

  19  ذُوالْقَعْدَة  1444

08 ޖޫން 2023
ހޯދާ