މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، މި ކުންފުނީގެ ސެކިއުރިޓީ ސްޓާފް ޔުނިފޯމް، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، އަމިއްލަތަކެތީގައި ފަހައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، މި ކުންފުނީގެ ސެކިއުރިޓީ ސްޓާފް ޔުނިފޯމް، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، އަމިއްލަތަކެތީގައި ފަހައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މިކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް މި ކުންފުނީގެ ސެކިއުރިޓީ ސްޓާފް ޔުނިފޯމް ފަހައި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފުކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ޕްރީބިޑް މީޓިންގ

 

 ޕްރީބިޑް މީޓިންގ 13 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 14:00 އަށް އެމް.ޕީއެލް   ހެޑްއޮފީހުގައި. (ޕްރީބިޑަށް ހާޒިރުވެ ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ   އަންދާސީ  ހިސާބު ބަލައި ނުގަނެވޭނެއެވެ.)

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 19 ޖޫން 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް އެމްޕީއެލް ހެޑްއޮފީހަށް

 ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، ޓީއޯއާރްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

       

        އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

 

08 ޖޫން 2023
ހޯދާ