ދިވެހިރާއްޖެ
އިޢުލާން ނަންބަރ:H/IUL/2023/159A
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު
މި ކުންފުނިން މިނިވަންދުވަހަށް ތައްޔާރު ކުރާ ފުޅަނދު ހެދުމަށް ބޭނުންވާ 17 ފޫޓުގެ 02 ޕިކަޕު ކުއްޔަށްހިފަން ބޭނުމަށް ކުރެވުނު ނަންބަރު H/IUL/2023/159 އިޢުލާނާއި ގުޅިގެން އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2023 ޖޫން 12 ވާ (ހޯމަ) ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.
މި ޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފްޞީލް:
އަގަށް: 100 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×100
- ހުށަހަޅާ އަންދާސީހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- މި މަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު: H/IUL/2023/159A
ބިޑް ހުޅުވުން:
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 14 ވާ (ބުދަ) ދުވަހުގެ 10:30 ގައި މިކުންފުނީގެ ހެޑްއޮފީސް، 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
19 ޛުލްޤަޢިދާ 1444
ނޯޓް:
- ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި ސްޓެލްކޯ ގެ މުވައްޒަފަކާއި ދެމެދު، ވިޔަފާރީގެ ނުވަތަ ތިމާގެކަމުގެ އެއްވެސް ގުޅުމެއް އޮތްކަމުގައި ވާނަމަ، އެފަރާތެއްގެ ބީލަން ބާތިލު ކުރެވޭނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.