މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ މެކޭނިކް (ގައްދޫ އައިސް ޕްލާންޓް)

މަޤާމު:            ސީނިއަރ މެކޭނިކް  (ގައްދޫ އައިސް ޕްލާންޓް)

ބޭނުންވާ އަދަދު:       1

ބޭސިކް މުސާރަ:       -/5,900 ރުފިޔާ

ސާރވިސް އެލަވަންސް:   މުސާރައިގެ %60

ފުޑް އެލަވަންސް:      ދުވާލަކަށް 60.00 ރުފިޔާ

ސެޓްފިކެޓް އެލަވަންސް:   މުސާރައިގެ %20

ފެންވަރު ނުވަތަ ޝަރުޠު: މަޤާމާއިގުޅޭ ދާއިރާއަކުން ސެޓްފިކެޓް ލެވެލް 4  ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

މަތީގައި ދެންނެވިފައިވާ މަޤާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރުގަޑީގައި މަސައްކަތް ކުރުމުން އިތުރުގަޑީ ފައިސާ ލިބިދެވޭނެއެވެ.                                                               

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 03 ފެބްރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީ.ވީ)އާއިއެކު ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected]  އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 އެކްސްޓެންޝަން-201 އަށް ގުޅުއްވުން އެދެމެވެ. މި މަޤާމުތަކަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެމަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.

އިޢުލާން ނަންބަރު MIFCO/I/2015/03 ގައި ގައްދޫ އައިސްޕަލާންޓަށް ސީނިއަރ މެކޭނިކަކަށް ޢިއުލާން ކުރެއްވުމުން ކުރިމަތިލާފައިވާ ފަރާތްތަކުގެ ޝަރުޠު ހަމަނުވާތީ، އަލުން އިޢުލާން ކުރި ވާހަކަ ދަންނަވަމެވެ.

24 ޖަނަވަރީ 2015
ހޯދާ