މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބާދަގަނޑުތަކެއް ނީލަމުގައި ވިއްކާލުން

ފެލިވަރުގައި ހުރި ބާ ދަގަނޑުތަކަކާއި ކަރުދާސްތަކެއް ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2015 ފެބުރުވަރީ 3 އާއި 4 ވަނަދުވަހު ފެލިވަރަށް ވަޑައިގެންނެވުމުން ތަކެތި ބެއްލެވުމާއި މަޢުލޫމާތު ސާފުކުރެއްވުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ

  • 123 ޓަނު ޓިންފްރީ ސްޓީލް ސްކްރަޕް       ނީލަން ފެށޭއަގު ކިލޯއެއް  -/4 ރުފިޔާ
  • 3 ޓަނު މެޓަލް ސްކްރަޕް              ނީލަން ފެށޭއަގު ކިލޯއެއް  -/2 ރުފިޔާ
  • 1.5 ޓަނު ކަރުދާސް ސްކްރަޕް           ނީލަން ފެށޭއަގު ކިލޯއެއް  1/50 ރުފިޔާ

ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، ދެންނެވިފައިވާ އަގުތަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. މިތަކެތި ނީލަންކިޔުން އޮންނާނީ، 15 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00ގައި މިފްކޯގައެވެ.

ނީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކުންވެސް -/10،000ރ. (ދިހަހާސް) ރުފިޔާގެ ޑިޕޮޒިޓެއް ދައްކަވަންވާނެއެވެ. ނީލަން ކާމިޔާބުކުރާ ފަރާތުން، ނީލަންނިމޭތާ 07 (ހަތެއް) ދުވަހުގެތެރޭގައި، މިތަކެތި ގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ. ތަކެތި ދޫކެރެވޭނީ، އެދުވަހަކު ގެންދާ ތަކެއްޗަކަށްވާފައިސާ ދެއްކުމަށް ފަހުގައެވެ. މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބުކޮށް، ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަބުރާ ނުލިބޭނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ދެވޭނެއެވެ.

06 ރަބީޢުލްއާޚިރު 1436        

26 ޖަނަވަރީ 2015
ހޯދާ