ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސަރަޙައްދުގެ ސްކޫލްތަކަށް ބޭނުންވާ ޑެސްކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މިސަރަޙައްދުގެ ސްކޫލްތަކަށް ބޭނުންވާ ޑެސްކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:
- މިސަރަޙައްދުގެ ސްކޫލްތަކަށް ބޭނުންވާ ޑެސްކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ހޯދަން ބޭނުންވާ ޑެސްކުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ޖޫން 08 ން 2023 ޖޫން 19 ގެ ނިޔަލަށް ތިރީގައިވާ ލިންކު/އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު/އީމެއިލް: https://forms.gle/GgFdokBgNnKdcqy39
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖޫން 19 ވާ ހޯމަ ދުވަހުގެ 10:00 ގެކުރިން މި އިޢުލާންގެ 10 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޖޫން 20 ވާ އަންގާރަ ދުވަހުގެ 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖުލައި 03 ވާ ހޯމަ ދުވަހުގެ 11:00 ގައިމިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 7,000/-ރ.(ހަތްހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ. އަތޮޅު ތަޢުލީމީމަރުކަޒު، ތިނަދޫ
ފޯން: 6840002 / 9972577
އީ-މެއިލް: [email protected]
19 ޒުލްޤައިދާ 1444
08 ޖޫން 2023
08 ޖޫން 2023
ހޯދާ