ދިވެހިރާއްޖެ
އުސޫލު ނަންބަރު: (PP)318-SS/318/2023/2 ބ. ދަރަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023 އަށް ގެނެވުނު ފުރަތަމަ އިޞްލާޙާ ގުޅިގެން ބ. ދަރަވަންދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)318-SS/318/2023/42 އިޢުލާނާ ގުޅިގެން ފޯމް ހުށަހެޅުމުގެ މުއްދަތު 2023 ޖުލައި 18 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އިތުރުކޮށްފީމެވެ. މި އިޞްލާޙުގައި ގެނެވިފައިވާ ބަދަލުތަކާއި ގުޅިގެން ކުރިން ހުށަހަޅާފައިވާ ފޯމުތަކަށް ބަދަލު ގެންނަން ބޭނުންވާ ފަރާތްތަކަށް އިޞްލާޙުގައި ބަޔާންކޮށްފައިވާ ބަދަލު ގެނައުމުގެ ފުރުޞަތު އޮތް ވާހަކަ ދަންނަވަމެވެ.
އުސޫލު ނަންބަރު: (PP)318-SS/318/2023/2 ބ. ދަރަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023 އަށް ގެނެވުނު ފުރަތަމަ އިޞްލާޙުގެ ދަށުން ގެނެވުނު އިޞްލާޙުތައް:
- ބުނެވިދިޔަ އުސޫލުގެ 22.3 ވަނަ މާއްދާގެ އިތުރު ތަފުޞީލު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
- ދަރަވަންދޫގައި ރަޖިސްޓަރީ ވެފައިވާ ދަރިންކަމަށް ބެލެވޭނީ ގޯއްޗަށްއެދި ފޯމު ހުށަހަޅާ ތާރީޚާ ހަމައަށް ދަރަވަންދޫގައި ރަޖިސްޓަރީ ވެފައިވާ ކުދިންނަމައެވެ.
2. ބުނެވިދިޔަ އުސޫލުގެ 22.5 ވަނަ މާއްދާގެ އިތުރު ތަފުޞީލަށް އަންނަނިވި ޕޮއިންޓު އިތުރުކުރުން.
މި މާއްދާގެ (ރ)ގެ ދަށުން ތިމާގެ އަނބިމީހާ / ފިރިމީހާގެ ނަމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި 1000 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް އޮވެ، އެ ގޯތި ދޫކޮށްލުމަށް އިޤްރާރުވާނަމަ މި މާއްދާގެ ދަށުން އުނިކުރާ ޕޮއިންޓް އުނި ނުކުރެވޭނެއެވެ.
ނޯޓު: ގޯއްޗަށް އެދި ހުށަހަޅާ ފޯމު ވާންވާނީ މި އިދާރާގެ ކައުންޓަރުން ދޫކޮށްފައިވާ ފޯމަކަށެވެ. އަދި ފޯމު ފުރާފައި އޮންނަންވާނީ "ބ. ދަރަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023" ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ. އަދި ފޯމުގެ އެއްވެސް ތަނެއްގައި ޓިޕެކްސް ޖެހުމަކީ މަނާކަމެކެވެ. ފޯމުގައި ހިމެނިފައިވާ މަޢުލޫމާތެއް ކަނޑަންވާނީ 1 (އެކެއް) ނުވަތަ 2 (ދޭއް) ރޮނގު ދަމައިގެންނެވެ. އަދި މިގޮތަށް ރޮނގު ދަމައިގެން ތަނެއް ނުވަތަ ބައެއް ކަނޑާފައިވާނަމަ އެތަނެއްގައި ނުވަތަ ބައެއްގައި ފޯމުގެ ވެރިފަރާތުން ސޮއިކޮށްފައި އޮންނަންވާނެއެވެ.