ދިވެހިރާއްޖެ
އަތޮޅު ކައުންސިލުގެ އަކުރިސް ލާންޗުގައިހުރި ޔަމަހާ ފޯސްޓޮކް 200 ހޯސްޕަވަރގެ ދެއިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން.
މިކައުންސިލުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރު: G2748A-02 07-E އަކުރިސް ލާންޗުގައި އަޅާފައިހުރި ޔަމަހާ ފޯސްޓޮކް އައުޓްބޯޑް 200 ހޯސްޕަވަރުގެ ދެ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ޢާންމުކޮށް ހުޅުވާލަމެވެ.
ވީމާ، މި ދެއިންޖީނު ސިޓީލާ ނީލަމުގައި ގަތުމަށް ބޭނުންވާ ފަރާތްތަކުން 03 ފެބުރުވަރީ 2015 ވަނަ ދުވަހުން ފެށިގެން މިކައުންސިލަށް ސިޓީއަކުން އަގު ހުށަހަޅަމުން ގެންދިއުން އެދެމެވެ. ހުށަހެޅިފައިވާ އެންމެ މަތީ އަގު މިއިދާރާއާއި މިއިދާރީ ދާއިރާގެ ރަށްރަށުގެ ކައުންސިލްތަކުގެ ނޯޓިސްބޯޑުގައި ކޮންމެ ދުވަހަކު 13:00 ގެ ފަހުން ޢާންމުކޮށް ފެންނަން ހުންނާނެ ވާހަކަ ދަންނަވަމެވެ. ނީލަމުގެ އަގު ޢާންމު ކުރުމާއެކު އެކަށީގެންވާ އަގެއްގައި ޖެހިޖެހިގެން 72 ގަޑިއިރު އެއްއަގެއް އޮވެއްޖެނަމަ ނީލަން ނިންމާލެވޭނެ ވާހަކަ ދަންނަވަމެވެ. މި ދެއިންޖީނަކީ މިހާރުވެސް ލާންޗް ދުއްވުމަށް ބޭނުންކުރާ ދެއިންޖީނެވެ. އިންޖީނު މިއަދާ ހަމައަށް ހިންގާފައިވަނީ އެއް އިންޖީނު 1238 ގަޑިއިރު އަނެއް އިންޖީނު 1241 ގަޑިއިރެވެ.
ނީލަން ފެށޭ އަގަކީ ކޮންމެ އިންޖީނެއް ވަކިން -/165000 (އެއްލައްކަ ފަސްދޮޅަސް ފަސްހާސް ރުފިޔާ) އެވެ. އަދި ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/2000 (ދެހާސް ރުފިޔާ) އެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6580027 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580238 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. މި ކާރު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން ފެށިގެން 15:00 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ކާރު ފެންނަގޮތަށް އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮން އަންގައި އިޢުލާން ކުރީމެވެ.
07 ރަބީޢުލްއާޚިރު 1436