ދިވެހިރާއްޖެ
މިއިދާރާއިން ހިންގާ ނާސަރީ އަދި ބޭބީ ނާސަރީ ކްލާސްތަކަށް ކުދިން ވެއްދުމަށް އެދިލައްވާ ބެލެނިވެރިން، މިއިދާރާއިން ދޫކުރާ ކުދިން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
- ބޭބީ ނާސަރީ އަދި ނާސަރީ އަށް ވެއްދޭނީ 2023 ވަނައަހަރުގެ އޮގަސްޓް މަހުގެ 1 އަށް ތިރީގައިވާ ތާވަލުގައިވާ ގޮތައް ޢުމުރު ހަމަވާކުދިންނެވެ.
ގްރޭޑް |
2024-2023 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ |
ބޭބީ ނާސަރީ |
2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |
ނާސަރީ |
3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
ފޯރމް ހުށައެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ކުދިން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯރމް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 14:00 އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ 6500023 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
19 ޛުލްޤައިދާ 1444
08 ޖޫން 2023