މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލްގެ ކާރު ސިޓީލާ ނީލަމުގައި ވިއްކާލުން

މިކައުންސިލްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ރަޖިސްޓަރީ ނަންބަރު B1A3292 މޮޑެލް ނަންބަރު PROTON ކާރު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، މި ކާރު ގަތުމަށް ބޭނުންވާ ފަރާތްތަކުން 03 ފެބުރުވަރީ 2015 ވަނަ ދުވަހުން ފެށިގެން މިކައުންސިލަށް ސިޓީއަކުން އަގު ހުށަހަޅަމުން ގެންދިއުން އެދެމެވެ. ހުށަހެޅިފައިވާ އެންމެ މަތީ އަގު މިއިދާރާއާއި މިއިދާރީ ދާއިރާގެ ރަށްރަށުގެ ކައުންސިލްތަކުގެ ނޯޓިސްބޯޑުގައި ކޮންމެ ދުވަހަކު 13:00 ގެ ފަހުން ޢާންމުކޮށް ފެންނަން ހުންނާނެ ވާހަކަ ދަންނަވަމެވެ. ނީލަމުގެ އަގު ޢާންމު ކުރުމާއެކު 72 ގަޑިއިރު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާލެވޭނެ ވާހަކަ ދަންނަވަމެވެ.

ނީލަން ފެށޭ އަގަކީ -/50000 ( ފަންސާސްހާސް ރުފިޔާ ) އެވެ. އަދި ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/1000 ( އެއްހާސް ރުފިޔާ ) އެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6580027 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580238 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. މި ކާރު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން ފެށިގެން 15:00 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ކާރު ފެންނަގޮތަށް އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮން އަންގައި އިޢުލާން ކުރީމެވެ. 

06 ރަބީޢުލްއާޚިރު 1436

06 ޖަނަވަރީ 2015
ހޯދާ