ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބ. އޭދަފުށީ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ޖާގަ ދޫކުރުން

                                                                                                    ނަމްބަރ:IUL/GS01/GS01/2023/38

އިޢުލާން

ބ. އޭދަފުށީ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ޖާގަ ދޫކުރުން

 ބ. އޭދަފުށީގައި ގާއިމްކުރެވިފައިވާ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ހުސްވެފައިވާ 3 ކޮޓަރީގެ 2 އެޕާޓްމަންޓް ކުއްޔަށް ހިފުމަށް އެދޭފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފީމެވެ. ވީމާ ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ސްކޫލުން ދޫކުރާ  ފޯމްފުރިހަމަކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

  1.  އެޕާރޓްމެންޓް ހޯދުމަށް އެދޭ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް

1.1 އޭދަފުށި ނޫން އެހެން ރަށެއްގެ ރައްވެއްސެއްކަމުގައިވުން

1.2 އެޕާޓްމެންޓަށް އެދޭ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައި (ބ. އަތޮޅުތައުލީމީ މަރުކަޒު ނުވަތަ ޕްރީސްކޫލްގައި) ކިޔަވާނެ މަދުވެގެން 03 ކުދިން ތިބުން.

1.3 އޭދަފުށިނޫން އެހެން ރަށެއްގައި 5 އަހަރު ދިރިއުޅެފައިވާ އާއިލާއެއް ނުވަތަ ފަރާތެއް ކަމުގައިވުން.

1.4 ދަނާލްގެ އެޕާޓްމަންޓެއް މިހާރު ލިބިފައިވާ ފަރާތަކަށް ނުވަތަ އެފަރާތެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ނުވުން.

2- އެޕާޓްމަންޓް ދޫކުރުމަށް ހަމަޖެހިފައިވާ އަގު

ތިން ކޮޓަރީގެ އެޕާޓްމެންޓްގެ ކުއްޔަކީ މަހަކު -/3000 (ތިންހާސް) ރުފިޔާއެވެ.

3- ހުށަހަޅަންޖެހޭ ލިޔުންތައް

3.1 ފުރިހަމަ ކޮށްފައިވާ "ދަނާލުން ޖާގަ ހޯދުމަށްއެދޭ ފޯމް"

3.2 ފޯމް ހުށަހަޅާފަރާތުގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީ

3.3 އެޕާޓްމަންޓްގައި ދިރިއުޅޭނެކަމަށް ފޯމްގައި ބަޔާންކުރާ ދަރިވަރުންނާއި އެހެން މީހުންގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީ.

3.4 ފޯމާއެކު ހުށަހަޅާ ކުދިންނަށް 2024-2023 ވަނަ ދިރާސީ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުން ޖާގަލިބޭނެކަން އަންގައިދޭ ސްކޫލްގެ ލިޔުން.

4- އިއުލާނާއިއެކު އެޓޭޗްކުރެވިފައިވާ ލިޔުންތައް:

4.1 ކުއްޔަށް ދޫކުރާ އެޕާޓްމަންޓާއިބެހޭ މައުލޫމާތު ޝީޓް

4.2 ރެސިޑެންޝަލް ލަރނިންގ ސެންޓަރ (ދަނާލް) އިން ޖާގަ ހޯދުމަށްއެދޭ ފޯމް

ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އާރު.އެލް.ސީ ދަނާލުގެ އެޕާޓްމެންޓް ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ބ.އަތޮޅު ތައުލީމީ މަރުކަޒަށް ހުށައަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އެޕާޓްމެންޓަށް އެދޭ ފޯމް ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ދަނާލުން ޖާގައަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.  

ދަނާލަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖުލައި 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.

08 ޖޫން 2023

              

08 ޖޫން 2023
ހޯދާ