ދިވެހިރާއްޖެ
މިސްކޫލްގެ އޮފިޝަލް ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (GS206/IUL/2023/003) އިއުލާނަށް ގިނަފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް މަޢުލޫމާތު ސާފުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، ޢިއުލާން ބާޠިލުކޮށް އަލުން ޢިއުލާން ކުރަމެވެ.
- މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސްކޫލުގެ ރަސްމީ އާ ޔުނިފޯރމު ތައްޔާރު ކޮށްދޭނެ ފަރާތްތަކެއް ބޭނުންވާތީ އެފުރުޞަތު ހުޅުވާލަމެވެ
- މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 8 ޖޫން 2023 އިން 12 ޖޫން 2023 އަށް ބަންދުނޫން ކޮންމެ ދަވަހަކު 9:00 އިން 13:00 އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން
ވިޔަފާރި ރަޖިސްޓްރީ ނަންބަރ
ވިޔަފާރީގެ ނަން
ވިޔަފާރީގެ ވެރިފަރާތުގެ ނަމާއި އެޑްރެސް
އީމެއިލް އެޑްރެސް
ގުޅޭނެ މޯބައިލް ނަންބަރު
3. މައުލޫމާތު ސެޝަންގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 ޖޫން ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މި ސްކޫލްގައި އެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983084 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.