މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:   އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ(ވަގުތީ)

މުސާރަ:  3565.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން:   އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މުއްދަތު: 31 ޑިސެންބަރ 2015ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު / ޏ. ފުވައްމުލައް

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  1. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ޔޫތު ސެންޓަރުގެ އިދާރީ އެންމެހާ ކަންތައްތައް ކުރުން.

- ޔޫތު ސެންޓަރުން ހިންގާ ހުރިހާ ޕްރޮގްރާމްތަކެއް ރާވައި ހިންގައި އަދި އެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

- ޔޫތު ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.

މަޤާމުގެ ނަން:   މަސައްކަތު(ވަގުތީ)

މުސާރަ:  3100.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000.00 ރުފިޔާ

ރޭންކް: އެސް އެސް 1

ކްލެސިފިކޭޝަން:   ސަޕޯޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 2

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު / ޏ. ފުވައްމުލައް

މުއްދަތު: 31 ޑިސެންބަރ 2015 ގެ ނިޔަލަށް

ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ކޮންމެ ދުވަހަކު މަރުކަޒުގެ އޮފީސްތެރެ ފޮޅައި ސާފުކުރުން.

- ކޮންމެ ދުވަހަކު ޢިމާރާތުގެ ގޯތިތެރެ ކުނިކަހައި ސާފުކުރުން.

- ކޮންމެ ދުވަހަކު އޮފީހުގެ ފާޚާނާތައް ދޮވެ ސާފުކުރުން.

- ކޮންމެ ދުވަހަކު އޮފީހުގެ ގޮނޑު،މޭޒުތަކާއި ކަބަޑުތައް ފޮޅައި ސާފުކުރުން.

ނޯޓް:

- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ. އަދި މަސައްކަތު މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

- ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށްބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

- މި މަޤާމުގެ އިންޓަވިއު 01 މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 08 ފެބްރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް އަދި ޏ. އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން އަދި ޏ. އަތޮޅު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

06 ރަބީޢުލްއާޚިރު  1436

27 ޖަނަވަރީ 2015
ހޯދާ