ދިވެހިރާއްޖެ
މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށްޓަކައި "ވިލުފުށީ ޢީދުފޯރި – އަޟްޙާޢީދު 1444" މިނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ބައިބަލާ މުބާރާތް ކުރިއަށްދާ ވަގުތުތަކުގައި ކެންޓީން ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިފުރުޞަތުގައި ދޫކުރުމަށް ކަނޑައެޅިފައިވަނީ 3 ގޮޅިއެވެ. ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މިކަމަށްއެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތްތަކަށެވެ. ކެންޓީން ހިންގުމަށް ހުށަހެޅޭނެ އެންމެ ކުޑައަގަކީ -/100 ރުފިޔާ އެވެ.
ބައިބަލާ މުބާރާތް ކުރިއަށްދާ ސަރަހައްދުގައި ކެންޓީން ހިންގޭނީ 2023 ޖޫން 23 އިން ޖުލައި 01 ގެ ނިޔަލަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް ހާއްސަކުރެވިފައިވާ އަގު ހުށަހަޅާ ފޯމް ފުރިހަމަކޮށް 2023 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކައުންސިލްއިދާރާއަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މި ފުރުޞަތުގައި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ މުއައްސަސާ / ޖަމްޢިއްޔާ ޖަމާއަތްތަކުގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.