ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލު) ގެ އެޕާޓްމަންޓް ތަކުގެ އެލްމެނިޔަމް ދޮރުތައް މަރާމާތުކުރުން

 

އިއުލާން

ނަންބަރ: IUL)GS-01/GS-01/2023/36)

ތާރީހް: 07 ޖޫން 2023

ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލު) ގެ އެޕާޓްމަންޓް ތަކުގެ އެލްމެނިޔަމް ދޮރުތައް މަރާމާތުކުރުން

ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލު) ގެ 7 އެލްމެނިއަމް ދޮރުތައް ނައްޓައި ސައިޒު ކުޑަކޮށް އަލުން ދޮރާއި ދޮރުފަތް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހު 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާގުޅޭ މައުލޫމާތުކަރުދާސް މި ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިއުލާނާއެކު އެޕާޓްމަންޓްތަކުގެ ދޮރުތައް މަރާމާތުކުރުމާބެހޭ މައުލޫމާތުޝީޓާއި ހުށަހަޅާ ފޯމް އެޓޭޗްކުރެވިފައިވާނެއެވެ.

 އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިސްކޫލުގެ ފޯން ނަންބަރ 6608359 އަށް ގުޅުއްވުން އެދެމެވެ.

 

07 ޖޫން 2023
ހޯދާ