ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ،
ދިވެހިރާއްޖެ.
(IUL) 10-MO/10/2023/80 : ނަންބަރު
އިޢުލާން
2023 ޖޫން 04 ވަނަ ދުވަހުން ފެށިގެން ހުޅުމާލެ ފޭސް 2 ގައި ޤާއިމްކޮށްފައިވާ "އިމިގްރޭޝަން ޑިޓެންޝަން ސެންޓަރ" އަކީ ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ރާއްޖެއިން ފޮނުވާލަންޖެހޭ ފަރާތްތައް ބަންދުކުރާ މަރުކަޒެއްގެ ގޮތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ވަނީ 2023 ޖޫން 04 ވަނަދުވަހު ކަނޑައަޅުއްވާފައެވެ. އަދި މިތަނަކީ މޯލްޑިވްސް އިމިގްރޭޝަންގެ ދަށުން ހިންގާ މަރުކަޒެއް ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގައި، ޢިއުލާން ކުރީމެވެ.
18 ޛުލްޤައިދާ 1444
07 ޖޫން 2023