ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގުކޮމިޓީގެ ދަފްތަރެއް އެކުލަވާލުމާ ގުޅޭ

އަގުކޮމެޓީގެ ދަފްތަރެއް އެކުލަވާލުމާއި ގުޅޭ

           މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި މިކޯޓުގައި އަގުކޮމެޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

     މަސައްކަތް : މިކޯޓުގައި ހިނގާމައްސަލަތަކާއިގުޅިގެން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.

    ބޭނުންވާ ޢަދަދު : 03 (ތިނެއް)

     މަސައްކަތުގެ އުޖޫރަ : އަގުކުރުމުގެ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ.

    ޝަރުޠު : ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މަދުވެގެން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މަޢުލޫމާތު ހުރިފަރާތެއްކަމުގައި ވުމާއިއެކު މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

               ވީމާ މިކޮމެޓީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތްތަކުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ، އައިޑީ ކާޑުގެ ކޮޕީ އާއި ، ވަނަވަރު 18 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

18 ޛުލްޤަޢިދާ 1444

07 ޖޫން 2023

07 ޖޫން 2023
ހޯދާ