މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ދަފްތަރުކުރުމުގެ މުއްދަތު އިތުކުރު ކުރުމާއި ގުޅޭ

އިޢުލާން

ރުއްގަސް ދަފްތަރުކުރުމުގެ މުއްދަތު އިތުކުރުން

 

މިކައުންސިލުގެ ނަންބަރު: (IUL)272-CA/272/2023/15 (15 ފެބުރުވަރީ 2023) އިޢުލާނުންވާނީ، ޤާނޫން ނަންބަރ 98/21 އާއި އެއްގޮތްވާގޮތުގެ މަތިން ރަޖިސްޓްރީ ނުކުރެވިވާ އަމިއްލަ ފަރާތްތަކުގެ އެންމެހާ ރުއްގަސް 1998 ވަނަ އަހަރު އެކުލަވާލަންފަށާފައިވާ ބަންޑާރަ ރުއްގަސް އިންދުމުގެ ދަފްތަރާ ގުޅުވައިގެން، ދަފްތަރު ކުރުމަށް 3 މަސް (15 މެއި 2023 ގެ ނިޔަލަށް) ދެވި ފައެވެ. އަދި އެމުއްދަތުގައި ރަމަޟާންމަސް އައުމުން ދަފްތަރުގައި ޖެއްސުމުގެ މުއްދަތު 30 މެއި 2023 ގެ ނިޔަލަށް ވާނީ އިތުރުކޮށްދެވިފައެވެ.

ނަމަވެސް، މި ދެވުނު މުއްދަތުގައިވެސް، ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ރުއްގަހުގައި ނަންބަރުޖަހައި، ދަފްތަރުކުރުމުގައި ދަތިތަކެއް ދިމާވެފައިވާތީ، ދަފްތަރު ކުރުމަށް އިތުރު މުއްދަތެއް 13 ޖުލައި  2023 ގެ ނިޔަލަށް ދިނުމަށް މި ކައުންސިލުގެ 04 ވަނަ ދައުރުގެ 83 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، އެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލަމެވެ. އެހެންކަމުން އެކުލަވާލެވިފައިވާ ދަފުތަރުގައި، މިހާތަނަށް ރަޖިސްޓްރީ ނުކުރެވިވާ ފަރާތްތަކުން 13 ޖުލައި 2023 ގެ ކުރިން އެފަރާތެއްގެ ނަން ރަޖިސްޓްރީކޮށް ލިބޭ ނަންބަރު ރުއްގަހުގައި ޖެހުމަށްފަހު، ކައުންސިލުން ރުއްގަސް ދަފްތަރުކުރުމަށް ދޫކުރެވޭ ލިސްޓުގައި ލިސްޓުކުރުމަށްފަހު، ހުށަހެޅުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ދަފްތަރުގައި ޖެއްސުމަށް ލިއުމުން ހުށަހަޅަންވާނީ، އެފަރާތަކަށް ނިސްބަތްވާ އެންމެހައި ރުއްގަހުގައި އެފަރާތަކަށް ދޫކުރެވޭ ނަންބަރު، ގިނަދުވަހަށް ފެންނަން ހުންނާނޭހެން ޖެހުމަށް ފަހުގައެވެ. އަދި މިގޮތައް ހުށަހަޅާސިޓީގައި ރުއްގަސް ހުރީ ރަށުގެ ކޮންސަރަހައްދެއްގައިކަން އެނގެން އޮންނަންވާނެއެވެ. ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ޤާނޫން ނަންބަރ 98/21 އާއި އެއްގޮތްވާގޮތުގެ މަތިން ރަޖިސްޓްރީ ނުކުރެވިވާ އެންމެހައި ރުއްގަހަކީ އެޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ބަންޑާރަތަކެތީގެ ގޮތުގައި ކަނޑައެޅިގެންދާނެއެވެ.

އަދި މިއަދުންފެށިގެން، ބަންޑާރަ އެއްވެސް ބިމެއްގައި ރުކެއް ނުވަތަ ގަހެއް އިންދަންވާނީ  ކައުންސިލަށް އެންގުމަށްފަހު ކައުންސިލުން ދައްކާ ސަރަހައްދެއްގައިކަމުގައި ދަންނަވަމެވެ. އަދި މިގޮތައް އިންދާ ރުއް ނުވަތަ ގަސް ދަފްތަރު ކުރެވޭކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

 

ވީމާ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

 18 ޛުއްޤަޢިދާ 1444

07 ޖޫން 2023

07 ޖޫން 2023
ހޯދާ