ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންމީޓަރ ހަރުކުރާ ތަން ތައްޔާރު ކުރުމާއި ގުޅޭ

މިރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުގެ ފެންމީޓަރު ހަރުކުރުމަށްޓަކައި "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތްތައް ނުވަތަ ނަރުދަމާގެ ޙިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" (ނަންބަރު:2020/R-10) ވާ ގޮތަށް ފެންމީޓަރު ހަރުކުރުމަށްޓަކައި ގޭގެ އިންފަރުގެ އެތެރޭގައި ބިމުންފެށިގެން އުސްމިނުގައި 3 ފޫޓް އަދި ފުޅާމިނުގައި 1 ފޫޓް ހުންނަވަރުގެ ފާރުބުރިއެއް ރޭނުމާއި ސިމެންތި ޖެހުން ނުވަތަ އިންފާރު ރާނާ، ސިމެންތިނުޖަހާ ފަރާތްތަކުން އެތެރޭގައި ސިމެންތި ޖެހުމަށް އެދި ދަންނަވަމެވެ.

ވީމާ،ގޭގެއަށް ފެންހޮޅި ވައްދައި ފެންމީޓަރު ހަރުކުރުމަށް ހަދަންޖެހޭ ޖާގައިގައި ސިމެންތިޖަހައި 20 ޖޫން 2023 ގެކުރިން ނިންމެވުމަށް ދެންނެވީމެވެ. މީޓަރު ބަހައްޓާތަން މިދެންނެވި ތާރީޚަށް ނުނިންމާ ފަރާތްތަކަށް،ފެނުގެ ކަނެއްޝަން ގުޅައި ދިނުމުގައި ދިމާވެދާނެ ދަތިކަމަކަށް މިކައުންސިލުން ޒިންމާ ނުވާނެވާހަކަވެސް ހިތާމައާއެކު ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖޫން 2023
ހޯދާ