ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (I)288/2023/060 2023 އޭޕްރިލް 25 ވަނަ ދުވަހުގެ އިޢުލާނާއި ހަވާލާދީ ދަންނަމަވެވެ.
މިލަޑުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިހްތިސާސް ގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި 1350 (އެއް ހާސް ތިން ސަތޭކަ ފަންސާސް) އަކަފޫޓުގެ 20 (ވިހި) ގޯތި ދޫކުރުމުގެ ހުއްދަ ދީފައިވާތީވެ، ގޯތި ދޫކުރުމުގައި އަމަލުކުރާނޭ ގޮތް ބަޔާންކުރާން ގާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދަށް ރިޢާޔަތްކޮށް އެކުލަވައިލައި ފާސްކޮށް އާއްމުކޮށްފައިވާ [ނ.ކުޑަފަރިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023] ވާ ގޮތުގެ މަތީން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ވާނީ ހުޅުވާލެވިފައެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 އެޕްރީލް 26 ން ފެށިގެން 2023 ޖޫން 15 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް މި އިދާރާގައި އެކަމަށް ކަނޑައެޅިފައިވާ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6560015 ފޯނައް ގުޅުއްވުން އެދެމެވެ.
ފޯމް ބަލައިގަތުމުގެ ސުންގަޑި ކައިރިވެފައި ވާތީވެ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.