ގދ. ނަޑައްލާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް

         ގދ. ނަޑެއްލާ،

             ދިވެހިރާއްޖެ،

ނަންބަރު: Q3C-A/2023/3

        

އިޢުލާން

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު

ކޮންޓްރެކްޓް އުސޫލުން މިކޯޓުގައި ކައިވެނި ޢަޤުދުކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:

02

ކޯޓު/އިދާރާ:

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

-/250 ރުފިޔާ (ޢަޤްދުކޮށްދޭ ކޮންމެ ކައިވެންޏަކަށް)

 

މަޤާމުގެ ޝަރުތު:

ޝަރުޢީ މަޢުޒޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން

ހުށަހަޅަންޖެހޭ ތަކެތި:

-       ޝަރުޢީ މަޢުޛޫނުކަމަށް އެދި ހުށަހަޅާ ފޯމް

-       ވަނަވަރު

-       ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

-       ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

ކައިވެނި ކޮށްދޭންޖެހޭ ގަޑި:

-       ކޮންޓްރެކްޓް އުސޫލުން ކައިވެނި ޢަޤްދުކޮށްދިނުމަށް ހޮވޭ ފަރާތްތަކުން ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ޙަވާލުކުރެވޭނެއެވެ.

ސުންގަޑި:

12 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

-       މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވޭނީ މިމަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހުގައެވެ.

-       މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށް އެދޭ ފޯމް މިކޯޓުގެ ވެބްސައިޓް gdh-nadallaa.courts.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

-       މިމަޤާމަށް އެދި ހުށަހަޅުއްވާނީ މިކޯޓުގެ ރިސެޕްޝަނަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 6840159 / 6840150

05 ޖޫން 2023

05 ޖޫން 2023
ހޯދާ