ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ކުރެންދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ޤާއިމްކޮށްފައިވާ އެކޮމޮޑޭޝަން ޔުނިޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާއިން ޅ. ކުރެންދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ޤާއިމްކޮށްފައިވާ އެކޮމޮޑޭޝަން ޔުނިޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު: (IUL)328-ED/328/2023/46 (02 މެއި 2023) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދަސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 13 ޖޫން 2023ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.

ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަން ޖެހޭ މަޢުލޫމާތު:

1-    އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-    ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

 

3-    ގުޅޭނެ ފޯނު ނަންބަރު

4-    އީމެއިލް އެޑްރެސް

5-    މެއިލް ފޮނުވާފަރާތުގެ ނަމާއި ޙައިސިއްޔަތު

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި ޕްރީބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފް ފޮޓޯކޮޕީއެއް މެއިލްއާއިއެކު އެޓޭޗް ކުރަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ޖޫން 2023ވާ އަންގާރަ ދުވަހުގެ 13:30ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ސަރުކާރު ބަންދު ނޫން ދަވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަމްބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ޖޫން 2023
ހޯދާ