ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ސްޕޯރޓްސް ސެންޓަރ / ޑައިވިންގ ސްކޫލް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ހިންނަވަރު ލޭންޑް ޔޫސް ޕްލޭންގައި ފާހަގަ ކޮށްފައިވާ ޓޫރިޒަމް ޒޯނުގެ އިރުން އޮތް ހުސްބިމުން (ޕްލޮޓް ކުރެހުން މައުލޫމާތު ކަރުދާހާ އެކީ އެއްކަރުދާސްކުރެވިފައި) 1000 އަކަފޫޓްގެ 4 ބިން، ގިނަވެގެން 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ވީމާ މި ދެންނެވި ސަރަޙައްދުގައި ވޯޓަރ ސްޕޯރޓްސް ސެންޓަރ ނުވަތަ ޑައިވިންގ ސްކޫލް ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް / ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 13 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

06 ޖޫން 2023
ހޯދާ