އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ޔުނީފޯމް ފަހާދޭނެ ފަރާތެއް ހޯދުމަށް

                        ނަންބަރު: GS-125/IUL/2023/07

އިޢުލާން

2023-2024 ވަނަ އަހަރު މިސްކޫލުގެ އައު ޔުނީފޯމް ފަހާދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

 

         2023/2024 ވަނަ ދިރާސީ އަހަރު މި ސްކޫލުގެ ރަސްމީ އައު ޔުނީފޯމް، މި ސްކޫލުން ދޭ ނަމޫނާއާއި އެއްގޮތަށް ފަހާދިނުމަށް އެދޭފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.  މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

         ވީމާ، މިބީލަމުގައި ބައިވެރިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޖޫން 07ން 2023 ޖޫން 08 ގެ 8:00 އިން 13:00 އަށް ސްކޫލާއި ގުޅުއްވައިގެން (6580357/7751145) ނަންނޯޓް ކުރުމަށް ދަންނަވަމެވެ.

         މި ބީލަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2023 ޖޫން 12 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި އަނގޮޅިތީމު  ސްކޫލުގައެވެ. އަދި ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 ޖޫން 20 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި އަނގޮޅިތީމު ސްކޫލުގައެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން، ނަން ނޯޓު ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. 

        ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖޫން 2023
ހޯދާ