ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ ނަންބަރު IUL)/380/2014/16 (ނޮވެންބަރު 27، 2014) ގެ އިޢުލާނު ބާތިލްކޮށް، އަލުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:            މަސައްކަތު

ރޭންކް:            އެސް.އެސް 1

ކްލެސިފިކޭޝަން:      ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ:      ނިލަންދެ އަތޮޅު ދެކުނުބުރީ ކައުންސިލުގެ އިދާރާ

ސެކްޝަން:          ކޯޕަރޭޓިވް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:  ނިލަންދެ އަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ

މުސާރަ:            3100.00 ރުފިޔާ

ސަރވިސް އެލަވަންސް:    1000.00 ރުފިޔާ                                               

ބޭނުންވާ އަދަދު:       1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:   

  1. ލިޔަންކިޔަން އެނގުމާއި، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

 

 

1. ކައުންސިލް އިދާރާގެ ދިދަ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައި ނަގައި 18:00 ގައި ދިދަ ތިރިކޮށް، ކައުންސިލް އިދާރާގައި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

2. ކޮންމެ ދުވަހަކު ކައުންސިލްގެ އިދާރާ ހުޅުވުމުން، އިދާރާގެ އެތެރެ ފޮޅައި ސާފުކޮށް،، ގޮނޑި، މޭޒު، މެޝަނަރީޒްތައް ފޮޅައި ސާފުކޮށް ތަރުތީބުކުރުން.

3. ކައުންސިލް އިދާރާގެ ގޯތިތެރެއާއި، ގޯއްޗާއި އިންވެގެންހުރި މަގުތަކުގެ އިންފާރުން މަގުގެ ދެބައިކުޅައެއްބައި ކޮންމެ ދުވަހަކު ކުނިކަހައި ސާފުކޮށް، ފާޚާނާ ސާފުތާހިރުކުރުން.

4. ކޮންމެ ތިން މަހަކުން އެއްފަހަރު އިދާރާގެ ފެންވަޅު ދިޔަހިއްކައި، ސާފުތާހިރުކަމުގައި ބެލެހެއްޓުން (ވަޅަށް އެއްޗެއް ވެއްޓިގެން ނުވަތަ އެހެންވެސް ގޮތަކުން ފެންވަޅު ހަޑިވެ ވަޅުގެ ފެން ތަޣައްޔަރުވެއްޖެނަމަ ވަގުތުން އެކަމެއް ޙައްލުކުރުން)

5. މަހަކު އެއްފަހަރު، ޢިމާރާތުގެ އެތެރެއާއި، ބޭރާއި، ފުރާޅާއި، ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.

6. ހަފުތާއަކު އެއްފަހަރު، އިމާރާތުގެ ތަޅުމުގައި މޮޕްއަޅައި، ތަޅުން ސާފުތާހިރުކަމުގައި ބެލެހެއްޓުން.

7.  ރައްޔިތުންނާއި، އެހެންވެސް ބަޔަކާ ބައްދަލުކުރުމަށް ވަކި ތަނެއް ކައުންސިލުން ހަމަޖައްސައިފިނަމަ، އެތަނެއް ތައްޔާރުކުރުމާއި، އެ ގަޑިއެއް ޖެހުމުގެ 15 މިނިޓް ކުރިން އެތަނަކަށް ހާޒިރުވުން.

8. ކައުންސިލް އިދާރާއިން އެކި ފަރާތްތަކާ ހަވާލުކުރަންޖެހޭ ލިޔެ ކިޔުންތައް ހަވާލުކުރުމާއި، އިދާރާއަށް ބޭނުންވާ ފަރާތްތައް ހާޒިރުކޮށްދިނުން.

9. ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރަން ފަށްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިހާން ކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްތަދުތަކާއި އޮންނާނެތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ  އިންޓަރވިއު  އޮންނާނީ، 12 ފެބުރުވަރީ 2015 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިއުކުރުން އޮންނާނެ ގަޑި ފަހުން އަންގާނަމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، 2015 ފެބުރުވަރީ 10 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ނިލަންދެ އަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު    (www.csc.gov.mv) ން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭގޮތަށް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760043 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6760666 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

6  ރަބީއުލްއާޚިރު 1436

27 ޖަނަވަރީ 2015
ހޯދާ