ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީ.އެސް. ވިއުގަ ބޭނުންކުރުމަށް ޔޫސަރ އެކައުންޓް ހެދުން އިދާރާތަކަށް ދޫކޮށްލުން

ސީއެސް ވިއުގަ ބޭނުންކުރުމަށްޓަކައި ބޭނުންވާ ޔޫސަރސް ތަކަށް އެކްސެސް ދިނުމާއި، އާ ޔޫސަރ އެކައުންޓް ހެދުމުގެ މަސައްކަތް 2023 ޖޫން 05 ވަނަ ދުވަހުން ފެށިގެން އިދާރާތަކުން ކުރާގޮތަށް ކޮމިޝަނުން ހަމަޖައްސަވާފައި ކަމުގައި ދެންނެވީމެވެ.

މި ނިންމުމާއި ގުޅިގެން، 2023 ޖޫން 05 ވަނަ  ދުވަހުން ފެށިގެން "ޔޫސަރ އެކްސަސް ގްރާންޓް ރިކުއެސްޓް" ނުވަތަ "ޔޫސަރ ކްރިއޭޓް ރިކުއެސްޓް" އެޕްރޫވްކުރާނީ އެ އިދާރާއަކުން ނުވަތަ މަސްއޫލު އޮފީހެއްގެ ދަށުގައި ހުރި އިދާރާއެއް ނަމަ، މަސްއޫލު އޮފީހުން ކަނޑައަޅާގޮތެއްގެ މަތިންނެވެ.

 ކޮންމެ ޔޫސަރ އަކަށް އިދާރާ އިން ރައިޓްސް ދެވޭނީ، ކޮންމެ ގްރޫޕަކުން އެއް ރައިޓް އެވެ. މިގޮތުން ޑޭޓާ ގްރޫޕް އިން އެންޓްރީ ކުރާ މުވައްޒަފެއް ނަމަ، ނުވަތަ ޑޭޓާ ވެރިފައި ކުރާ މުވައްޒަފެއް ނަމަ ދެވޭނީ އެމުވައްޒަފަކު އެކުރާ މަސައްކަތަކާ ގުޅޭ ރައިޓެވެ. ނަމަވެސް، އެއް މުވައްޒަފަށް އެއް ޔޫސަރ ރައިޓްސް އަށްވުރެ ގިނަ ޔޫސަރ ރައިޓްސް ދޭންޖެހޭ ހާލަތެއްގައި މީގެ ކުރިންވެސް ހުށަހަޅާ ގޮތަށް ކޮމިޝަނަށް ހުށަހެޅުމަށް ދަންނަވަމެވެ.

މި ސަރިކުއލަރ އާއި އެކު މި މަސައްކަތް ކުރުމަށް ބޭނުންވާ ޔޫސަރ މެނުއަލް އެއް ކަރުދާސް ކުރެވިފައިވާނެއެވެ. ވުމާއެކު ޔޫސަރ މެނުއަލްގައިވާ ގޮތުގެ މަތިން ޔޫސަރ އެކައުންޓް ހެދުމުގެ މަސައްކަތް އިދާރާތަކުން ކުރިއަށް ގެންދިއުމަށް ދެންނެވީމެވެ.

05 ޖޫން 2023
ހޯދާ