ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީއެސް ވިއުގަ އާ މިނިސްޓްރީ އޮފް ފިނޭންސްގެ ޕޭރޯލް ރެޖިސްޓަރ ގުޅުވާލުމުގެ ބޭނުމަށް، އިދާރީ އޮނިގަނޑުގައި ނުހިމެނޭ މަޤާމުތަކަށް ނަގާ މުވައްޒަފުންގެ މަޢުލޫމާތު ސީ.އެސް ވިއުގަ އިން އަދާހަމަކުރުމާގުޅޭ.

އިދާރާތަކަށް ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ނުހިމެނޭ، އެކިއެކި ބޭނުންތަކަށް ތަފާތު އުޞޫލުތަކުގެ ދަށުން ނަގާ މުވައްޒަފުންގެ މަޢުލޫމާތު، ސީއެސް ވިއުގާގައި ރެކޯޑު ކުރެވޭނެ ގޮތަށް ވިއުގައަށް ވަނީ ބަދަލުގެނެވިފައެވެ. ވުމާއެކު އެކިއެކި ޕްރޮޖެކްޓްތަކަށް ނަގާ މުވައްޒަފުންގެ މައުލޫމާތާއި، މުވައްޒަފުން ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގައި ދާ މުވައްޒަފުންގެ ބަދަލުގައި ނަގާ މުވައްޒަފުންގެ މައުލޫމާތާއި، ވޭޖް އުޞޫލުން ނަގާ މުވައްޒަފުންގެ މަޢުލޫމާތާއި ކޮންސަލްޓެންޓުންގެ ގޮތުގައި ނަގާ ގުވައްޒަފުންގެ މައުލޫމާތު، 2023 ޖޫން 05 އިން ފެށިގެން ވިއުގާގައި ރެކޯޑުކޮށް ބަލަހައްޓަމުން ގެންދިއުމަށް ކޮމިޝަނުންވަނީ ނިންމާފައެވެ.

ވުމާއެކު، މަތީގައިވާ ހުއްދައިގެ ދަށުން މުވައްޒަފުން ހަމަޖައްސާ ނަމަ ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް ވިއުގައިގެ ތެރެއިން ކުރިއަށް ގެންދިއުމަށާއި މިވަގުތު މި ބީދައިން ވަޒީފާ ހަމަޖައްސާފައިވާ މުވައްޒަފުންގެ ތެރެއިން ކޮންޓްރެކްޓްގެ މުއްދަތު ހަމަނުވާ މުވައްޒަފުންގެ މައުލޫމާތު، 2023 ޖޫން 22 ގެ ނިޔަލަށް ވިއުގައަށް އަދާހަމަކުރުމަށް ދަންނަވަމެވެ.

 މި ސަރކިއުލަރއާ އެކު މި މަސައްކަތް ކުރުމަށް ބޭނުންވާ ޔޫސަރ މެނުއަލް އެއް ކަރުދާސްކޮށްފައިވާނެތީ، ޔޫސަރ މެނުއަލްގައި ވާ ގޮތުގެ މަތިން ރިކޯރޑް އަދާހަމަކުރުމުގެ މަސައްކަތް އިދާރާތަކުން ކުރިއަށް ގެންދިއުމަށް ދެންނެވީމެވެ. އަދި މިއީ މިނިސްޓްރީ އޮފް ފިނޭންސްގެ ޕޭރޯލް ރަޖިސްޓްރީއާ ވިއުގައާ ގުޅުވާލައި ވިއުގައިގެ ރެކޯޑުތަކަށް ބަލައި މުސާރަ ދިނުމުގެ ބޭނުމަށް ކުރެވޭ މަސައްކަތެއް ކަމުން މި ރެކޯރޑްތައް، މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ވިއުގައަށް އަދާހަމަކޮށް ނިންމުމަށް ސަމާލުކަންދެއްވުމަށްވެސް ދަންނަވަމެވެ.

05 ޖޫން 2023
ހޯދާ