ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާނަކީ ތަޙްގީޤް ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ޙާއްސަ ކޮންގެން އިންވެސްޓިގޭޝަން އޮފިސަރުން ހޯދުމަށް ކުރެވިފައިވާ އިޢުލާނެކެވެ.

މަޤާމު: ސާޖަންޓު ގްރޭޑް 1

ޝަރުތު: - އޮޕެރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ނުވަތަ 6 (ހައެއް) ހާޞިލްކޮށްފައިވުން.

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ: -/13،710 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/6,150 ރުފިޔާ

ސަރވިސް އެލަވަންސް: -/4,800 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %40 (-/2,460 ރުފިޔާ)

ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ

- ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ 10 އިންސައްތަ، ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ 15 އިންސައްތަ، މާސްޓަރސް – އަސާސީ މުސާރައިގެ 20 އިންސައްތަ).

މުވައްޒަފަށާއި މުވައްޒަފުގެ އާއިލާ (މައިންބަފައިން، އަނބިފިރި، ދަރިން) ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމުގެ ހަރަދު.

- މުވައްޒަފަށް ކެއެން ބުއިމާއި، ހުރުމުގެ ހަރަދު.

- މުވައްޒަފަށް ކިޔެވުމުގެ ފުރުޞަތު (ޕޭލީވް، ސްކޮލަރޝިޕް އަދި ޕާޓް ޓައިމް ކޮށް ކިޔަވަން ދިއުމުގެ ފުރުޞަތު)

މަޤާމު: ސާޖަންޓު ގްރޭޑް 2

ޝަރުތު: - ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) ހާޞިލްކޮށްފައިވުން.

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ: -/14،410 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/6,650 ރުފިޔާ

ސަރވިސް އެލަވަންސް: -/4,800 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %40 (-/2,660 ރުފިޔާ)

ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ

- ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ 10 އިންސައްތަ، ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ 15 އިންސައްތަ، މާސްޓަރސް – އަސާސީ މުސާރައިގެ 20 އިންސައްތަ).

މުވައްޒަފަށާއި މުވައްޒަފުގެ އާއިލާ (މައިންބަފައިން، އަނބިފިރި، ދަރިން) ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމުގެ ހަރަދު.

- މުވައްޒަފަށް ކެއެން ބުއިމާއި، ހުރުމުގެ ހަރަދު.

- މުވައްޒަފަށް ކިޔެވުމުގެ ފުރުޞަތު (ޕޭލީވް، ސްކޮލަރޝިޕް އަދި ޕާޓް ޓައިމް ކޮށް ކިޔަވަން ދިއުމުގެ ފުރުޞަތު)

މަޤާމު: ސީނިއަރ ސާޖަންޓު ގްރޭޑް 2

ޝަރުތު: - ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ހާޞިލްކޮށްފައިވުން.

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ: 16،088/80 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/7,992 ރުފިޔާ

ސަރވިސް އެލަވަންސް: -/4,600 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %40 (3،196/80 ރުފިޔާ)

ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ

- ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ 10 އިންސައްތަ، ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ 15 އިންސައްތަ، މާސްޓަރސް – އަސާސީ މުސާރައިގެ 20 އިންސައްތަ).

- މުވައްޒަފަށާއި މުވައްޒަފުގެ އާއިލާ (މައިންބަފައިން، އަނބިފިރި، ދަރިން) ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމުގެ ހަރަދު.

- މުވައްޒަފަށް ކެއެން ބުއިމާއި، ހުރުމުގެ ހަރަދު.

- މުވައްޒަފަށް ކިޔެވުމުގެ ފުރުޞަތު (ޕޭލީވް، ސްކޮލަރޝިޕް އަދި ޕާޓް ޓައިމް ކޮށް ކިޔަވަން ދިއުމުގެ ފުރުޞަތު)

މަސްޢޫލިއްޔަތާއި ވާޖިބު: 

ދިވެހި ފުލުހުންގެ ޙިދުމަތުގެ ޤާނޫނު ނަންބަރު (34/2020) ގައި ފުލުހަކު އަދާ ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހާ މަސައްކަތްތައް ކުރުން..

ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތައް:

ތަޢުލީމީ ގޮތުން މަތީ ސަނަދު ހާޞިލްކޮށްފައިވާ ފަރާތްތަކަށް،

މީހުންހޮވުމުގައި ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކަށް،

ދިވެހި ފުލުހުންގެ ޚިދުމަތަށް ޤާނޫނީގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް މި ޚިދުމަތުން ކަނޑައަޅާ ދާއިރާތަކަށް އަދި ދާއިރާތަކަށް ހާއްސަ ކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނަށް،

- ދިވެހި ފުލުޙުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދުތަކުގެ ތެރެއިން ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކާއި، މިމުއައްސަސާގެ ޚިދުމަތް އަލަށް ޤާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް.

- ތަޙްޤީގް ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް.

ވަޒީފާއަށް މީހުން ނެގުމުގައި ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ ތިރީގައި ބަޔާންކޮށްފައިވާ އެސެސްމެންޓް ނުވަތަ ޓެސްޓްތަކުން ފާސްވުން:

ބެކްގްރައުންޑް އެސެސްމެންޓް،

ފިޒިކަލް ފިޓްނަސް އެސެސްމަންޓް،

ފެތުމުގެ އެސެސްމަންޓް،

އެޕްޓިޓިއުޑް ޓެސްޓް،

އިންޓަރވިއު އަދި

މެޑިކަލް އެގްޒަމިނޭޝަން.

މަސައްކަތްކުރަންޖެހޭ ތަން: 

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް މަސައްކަތްކުރުމަށް ޝައުގުވެރިވާ ރީޖަން ނުވަތަ މާލެ ސަރަޙައްދު. / ތަޙްގީޤް ދާއިރާގައި އެ ފަރާތެއް ނިސްބަތްވާ ދާއިރާ (ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ކޮންމެ ތަނެއްގައި).

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (މި ފޯމުގައި އެފަރާތެއްގެ ނަމުގައި ހެދިފައިވާ އީމެއިލް އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި މަސައްކަތްކުރުމަށް ޝައުގުވެރިވާ ތަން ފޯމްގައި ފުރިހަމަކޮށްފައި އޮންނަންވާނެއެވެ.)،

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ (އެޓެސްޓްކޮށްފައިވާ ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

ނެގިފަހުން 03 މަސް ވެފައިނުވާ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ،

އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ،

އެހެން ވަޒީފާއެއްގައި ދެމިހުރި ފަރާތެއްނަމަ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 ޖޫން 20 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެކަންޏެެވެ.

16ޛުލްޤައިދާ 1444

05 ޖޫން 2023
ހޯދާ