ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އިހަވަންދޫ ބަނދަރުގައި މަސްކަޑާ 02 ހަޓް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

                                         އިޢުލާނު

 

ހއ. އިހަވަންދޫ ބަނދަރުގައި މަސްކަޑާ 02 ހަޓް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ހއ. އިހަވަންދޫ ބަނދަރުގައި އަމިއްލަތަކެތީގައި މަސްކަޑާ 02 ހަޓް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)248-ESMSMS/248/2023/34 (17 އެޕްރީލް 2023) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަގެއް ލިބިފައި ނުވާތީ މިމަސައްކަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އެފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

ވީމާ، މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ޝައުޤުވެރިވެލައްވާ ފަރާތްތުން  ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6500256 އަށެވެ. އަދި މިއިދާރާއަށް ޙަޟިރުވެގެން ވެސް ބީލަމުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.

 

ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް މަސްކަޑާ 02 ހަޓް އިމަރާތް ކުރުމުގެ މަސަކަތަށް ހުށަހަޅާ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިޔުއްވާފައެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ހއ. އިހަވަންދޫ

ދިވެހިރާއްޖެ

-

06 ޖޫން 2023 އިން

14 ޖޫން 2023 އަށް

09:00 އިން 13:00 އަށް

ޕްރީ ބިޑް މީޓިންގް

-

-

-

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ހޯމަ

19 ޖޫން 2023

11:15 ގައި

 

  • ބީލަން ހުށައެޅޭނީ މަތީގައި ދެވިފައިވާ މުއްދަތުގައި ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  • ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120  (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ސާފުކުރުމަކީ ބީލަން ހުށައަޅާފަރާތުގެ ޒިންމާއެކެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިއިދާރާއަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

 ބީލަމުގައި ރެޖިސްޓްރީވެ މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

‏                                       16‏ ޛުލްޤަޢިދާ‏ 1444

05 ޖޫން 2023
ހޯދާ