ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ހޯދުމާބެހޭ

މި އިދާރާގެ އިމާރާތުގައި ހަރުކުރުމަށް ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ގަންނަން ބޭނުންވެއްޖެއެވެ. މި ސިސްޓަމްގައި ހިމެނޭ މައިގަނޑު ތަކެތީގެ ސްޕެސިފިކޭޝަނާއި އަދަދުތައް ތިރީގައި މިވަނީއެވެ.

އަދަދު

އައިޓަމް

ސްޕެސިފިކޭޝަން

1

ޑީ.ވީ.އާރ

އެޗް.ޑީ (16 ޕޯޓުގެ)

7

ކެމެރާ (އިންޑޯރ)

700 ޓީވީއެލް

5

ކެމެރާ (އައުޓްޑޯރ)

ޕްލާސްޓިކް ޑޯމް 700 ޓީވީއެލް

1

ހާޑް ޑިސްކް

2 ޓެރަބައިޓް

1

ޕަވަރ ސަޕްލައި

18 ޕޯޓްގެ

8

ވާގަނޑު (ސީސީޓީވީ ކޭބަލް)

30 މީޓަރުގެ

4

ވާގަނޑު (ސީސީޓީވީ ކޭބަލް)

20 މީޓަރުގެ

24

ކަނެކްޓަރ (ސީސީޓީވީ ކޭބަލަށް ގުޅާ)

 

12

ޑީސީ ޖެކް

 

ވީމާ، މި ތަކެތި ފޯރުކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، 08 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:30 އަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:30 އަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑި ޖެހުމަށްފަހު ހާޒިރުވި ނަމަވެސް އެ ފަރާތްތަކަށް އެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް މީހަކު ފޮނުއްވުމަކާނުލައި ފޮނުއްވާ އަންދާސީހިސާބު ބަލައެއްވެސް ނުގަނެވޭނެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ދެންނެވި ގޮތުގެމަތިން އަގު ހުށަހެޅުއްވުމަށް އެދި މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

4 ރަބީޢުލްއާޚިރު 1436      

25 ޖަނަވަރީ 2015
ހޯދާ