ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު

ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު

 

އަލްޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް ޗެލެންޖް 2023ގެ މުބާރާތުގެ ބޭނުންކުރާ ކެންވަސް، ދިދަ އަދި މެޑަލް ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

v     މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( 18/2014 ) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ( 19/2014 ) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

v     މިމަސައްކަތަށް ބޭނުންވާ ކެންވަސްތަކާއި، ދިދަ އަދި މެޑަލްގެ ޑިޒައިން އަދި ތަކެތީގެ ޖުމްލަ ލިސްޓް އިދާރާއިން ފޯރުކޮށްދޭނެއެވެ.

v     މިމަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 05 ޖޫން 2023 ވާ ހޯމަ ދުވަހުން ފެށިގެން މިދާރާގެ ކައުންސިލް އޮފިސަރ އިބްރާހިމް ފުޟޫލް 7905301 އާއި ގުޅުއްވުން އެދެމެވެ.

v     ކޯޓޭޝަން ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 12 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00އެވެ. ކޯޓޭޝަން ހުށަހަޅާނީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެގެންނެވެ.

ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

05 ޖޫން      2023

05 ޖޫން 2023
ހޯދާ