ދިވެހިރާއްޖެ
ހިނަވާގެ މަރާމާތުކުރުން
ގއ. ނިލަންދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ގއ.ނިލަންދޫ ހިނަވާގެ މާރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިއުލާނާއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލްއިދާރާގެ ހޯލްގައި) |
08 ޖޫން 2023 (ބްރާސްފަތި) |
11:00 |
މި މިމަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް، އަދި ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 07 ޖޫން 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
16 ޛުލްގައިދާ 1444