ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ލޯގޯއާއި ދިދައެއްގެގޮތުގައި ކަނޑައަޅާ ލޯގޯގެ އިނާމެއްގެ ގޮތުގައި 5000/- ރުފިޔާ އަދި ދިދައަކަށް އިނާމެއްގެ ގޮތުގައި -/5،000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމާބެހޭ މައުލޫމާތު ކަރުދާސް މިއިއުލާނާއިއެކު އެއްކަރުދާސްކޮށްފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ދުވާފަރު ނުވަތަ ކަނދޮޅުދޫ އަށް ނިސްބަތްވާ ފަރާތްތަކުން 19 ޖޫން 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލޯގޯއާއި ދިދައިގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯއާއި ދިދަ ހުށަހަޅުއްވާނަމަ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.