ދިވެހިރާއްޖެ
އިޢުލާން
2023 ވަނަ އަހަރު މިސްކިތްތަކުގައި މަސައްކަތްކުރާނެ ވަގުތީ މުވައްޒަފުންގެ ޕޫލަށް މީހުން ހޯދުން:
ރަށުގެ މިސްކިތްތަކުގައި މަސައްކަތް ކުރައްވާ ދާއިމީ މުވައްޒަފުން ޗުއްޓީ، ސަލާމް، އާއިލީ ޒިންމާގެ ޗުއްޓީގެ އިތުރުން އެކި އެކި ބޭނުންތަކަށް ވީއްލުންފަދަ ހާލަތްތަކުގައި މިސްކިތްތަކުގައި މަސައްކަތްކުރާނެ ވަގުތީ މުވައްޒަފުންގެ ޕޫލް އެކުލަވާލުމަށް މީހުންހޯދުމަށް ބޭނުންވެއެވެ.
- ބޭނުންވާ މަޤާމް: އިމާމް / މުދިމު
- މުއްދަތު: އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 31 ޑިސެންބަރު 2023 ގެ ނިޔަލަށް.
- މަސައްކަތް ކުރައްވަންޖެހޭ މިސްކިތްތައް: ފ. ދަރަނބޫދޫގެ މިސްކިތްތަކުގެ ތެރެއިން މި އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި
މަޤާމުގެ ޝާރުތާއި މުސާރަ:
# |
މަޤާމު |
ވަޒީފާގެ ޝަރުތު |
އުޖޫރަ ދެވޭގޮތް |
1 |
އިމާމު |
މުދިމުކަމުގެ ސަނަދެއް ލިބިފައިވުން ނުވަތަ ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 03 ގެ ސަނަދެއް ހާސިލް ކޮށްފައިވުން. |
ނިކުންނަ ކޮންމެ ނަމާދު ގަޑިއަކަށް-/61 ރުފިޔާ |
2 |
މުދިމު |
ޤުރުޢާން ރީތިކޮށް ކިޔަން އެނގުމާއި، ބަންގި ގޮވުމާއި، ނަމާދުކުރަން އެނގޭ ފަރާތަކަށްވުން. |
ނިކުންނަ ކޮންމެ ނަމާދުގަޑިއަކަށް -/53 ރުފިޔާ |
ވީމާ، ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖޫން 15 ވަނަ ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށައެޅުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީ ކާޑުގެ ކޮޕީ އަދި ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ހުށައެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6740015ފޯނަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
16 ޛުލްޤަޢިދާ 1444