ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ އަލްޙާ ޢީދު ހަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމާއި ގުޅޭ

އިޢުލާން

 

ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ އަލްޙާ ޢީދު ހަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް 23 މޭ 2023 ގައި ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޚީބެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކޮށްލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޕްރޮޕޯސަލް ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖޫން 2023 ގެ 00.00 ކުރިން ކައުންސިލްގެ މެއިލް [email protected] އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ.

 

މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ޕްރޮކިއުމަންޓް ޔުނިޓް
  • މަކުނުދޫ ކައުންސިލް އިދާރާ
  • ހދ.މަކުނުދޫ
  • ފޯން:  7789355
  • އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

05 ޖޫން 2023
ހޯދާ