ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ގއ. ނިލަންދޫ ސިއްޙީމަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ

ބޭނުންވާ އަދަދު

1

މަގާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިނިސްޓްރޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ. ނިލަންދޫ ސިއްޙީ މަރުކަޒު / ގއ. ނިލަންދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޕަބްލިކް ޔުނިޓް އެންމެހައި ކަންތައްތައް ބެލެހެއްޓުން.

އަސާސީ ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް ( ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބޭނެ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ ކޮޕީގެ އަސްލު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައަގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު، އަދާކުރި މަޤާމުގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާ އަދާކުރި މުއްދަތު އެނގޭނެގޮތަށް)

ނޯޓް: އެޓެސްޓް ކޮށްފައިވާ ލިޔުންތައް ހުށަހަޅާއިރު، އެލި ޔުންތައް އެޓެސްޓްކުރި ފަރާތުގެ ފުރިހަމަ ނަމާއި، މަޤާމާއި، އެޓެސްޓްކުރި ތާރީޚާއި ސޮއި އޮންނަންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2015 ފެބުރުވަރީ 9 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ގއ. އަތޮޅު ހޮސްޕިޓަލް / ނިލަންދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ފެބަރުއަރީމަހުގެ ތެރޭގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 6824753 ނަންބަރު ފޯނަށާއި 6820070 ނަންބަރު ފޯނަށެވެ.

ނޯޓް:

 

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު، އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަރވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން ލިޔުމުން އެންގޭނެއެވެ.

5 ރަބީޢުލްއާޚިރު 1436

26 ޖަނަވަރީ 2015
ހޯދާ