ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމް: މަސައްކަތު      

ބޭނުންވާ އަދަދު: 4 (ހަތަރެއް)     

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން: ހިތަދޫ ސްކޫލް، ސ.ހިތަދޫ

ގިންތި: ދާއިމީ

ޝަރުޠު:

ސަރވިސް އެލަވަންސް

މަޤާމުގެ އަސާސީ މުސާރ

 

ޝަރުޠު

 

ކްލެސިފިކޭޝަން

 

ރޭންކު

 

މަޤާމް

-/1000

-/3100

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން.

ސަޕޯޓް ސްޓާފް ގްރޭޑް 1

އެސް.އެސް.1

މަސައްކަތު

މަޤާމުގެ މަސްއޫލިއްޔަތު:

(ހ) ސުކޫލުގެ ގޯތިތެރެއާއި ގޯތީގެ ވަށައި މަގު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

(ށ) ސުކޫލުގެ އޮފީސް ޢިމާރާތާއި ކްލާސްރޫމްތަކާއި އެހެނިހެން ރޫމްތަކުގެ ދޮރާއި ދޮރުފަތްތަކާއި އެތެރެ ފޮޅައި، ސާފުކޮށް، މޮޕްކުރުން.

(ނ) ސުކޫލުގެ އޮފީހާއި ސްޓާފްރޫމުގެ ފާޚާނާތަކާއި، ކުދިންނަށް ޚާއްޞަކުރެވިފައިވާ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

(ރ) ސްކޫލުގައި ހުރި ފަރުނީޗަރުތައް ސާފުކޮށް ބެލެހެއްޓުން.

(ބ) ސުކޫލުން ބާއްވާ އެކިއެކި ހަރާކާތްތަކަށް ސުކޫލުގެ ހޯލާއި ގޯތިތެރެ ތައްޔާރުކުރުން.

(ޅ) ސުކޫލުގެ ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުމާއެކު، ގޯތިތެރޭގައިވާ ބިޔަގަސްތައް ކޮށައި ސާފުކުރުން.

އެހެނިހެން ޢިނާޔަތްތައް:

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

- ސަރުކާރު މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ. 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.    2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.  3- މަސައްކަތުގެ ހުނަރާއި ޤާބިލްކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ސުކޫލުގެ ކައުންޓަރުން ލިބޭނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ތަޖުރިބާގެ ލިޔުންތަކާއި ލިބިފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކެ)

ފޯމް ފޮނުވަންޖެހޭ ތާރީޚު: 2015 ފެބުރުވަރީ 9 ވާ ހޯމަަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، ހިތަދޫ ސްކޫލަށް.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށް ގުޅާނީ 6886908 ނަންބަރު ފޯނާއެވެ.

އިންޓަވިއު އޮންނާނެ ތަނާއި ގަޑި: ހިތަދޫ ސްކޫލް އޮފީހުގައި، 2015 ފެބުރުވަރީ 10 އާއި 12 އާ ދެމެދުގެ ތާރީޚެއްގައި.                                                                          

8 ރަބީޢުލްއާޚިރު 1436

29 ޖަނަވަރީ 2015
ހޯދާ