މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:                  ޕްރޮޑަކްޓްސް އޮފިސަރ

ބޭނުންވާ އަދަދު:             01

ޑިޕާޓްމަންޓް:              ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:            ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޢަސާސީ މުސާރަ ރޭންޖް:       6600.00ރ.

ސަރވިސް އެލަވަންސް:        1500.00ރ.

ފިކްސްޑް އެލަވަންސް:        އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:   އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް

މަސައްކަތް ކުރަންޖެހޭ ތަން:    ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް/އެމް.ޓީ.ސީ.ސީ ސޯމިލް

ޝަރުޠު:

މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ

ޖީ.ސީ.އީ އޭ ލެވްލް އާއިއެކު މިފަދަ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން ނުވަތަ

ޖީ.ސީ.އީ އޯ ލެވްލް އާއިއެކު މިފަދަ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

ކަސްޓަމަރުންނަށް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ފޮރޮކޮށްދިނުމުގެ ހުނަރު ލިބިފައިވުން އަދި ޓެކްނިކަލް ޕްރޮޑަކްޓްސް ތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.

ކަސްޓަމަރުންނަށް އިޙްތިރާމާއެކު މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

މައިކްރޮސޮފްޓް އޮފިސް ޕެކޭޖްތަކަށް ފަރިތަވުން އަދި ކަސްޓަމް ސޮފްޓްވެއަރތަކަށް ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.

ޕްރޮމޯޝަނަލް ކަންކަމުގައި ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކުކަމުގައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :

ޑިޕާޓަމަންޓްގެ ސޭލްސް މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ ކަސްޓަމަރުންނާއި ސްޕަލަޔަރުންނަށް ފޮރުކޮށްދޭންޖެހޭ މަޢުލޫމާތު ފުރިހަމައަށް ފޮރޮކޮށްދިނުން އަދި ޕްރޮޑަކްޓްސް ތަކުގެ އިންވެންޓްރީ އަދި ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި އެހީތެރިވުން.

     

މަޤާމު:                   ކްރޫ

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު:              02

ޑިޕާޓްމަންޓް:                ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް

ޢަސާސީ މުސާރަ:             4700.00ރ.

ސަރވިސް އެލަވަންސް:          1000.00ރ

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް/ ޓްރިޕް އެލަވަންސް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް  (ފެރީ /ލޯންޗްތަކުގައި)

ޝަރުޠު                   އަސާސީ ތަޢުލީމީ ފެންވަރު

ފަތަންދަތުމާއިއެކު ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން. ކަސްޓަމަރުންނަށް އިޙުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން. މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :   ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ޤަވައިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެ އުޅަނދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން.

 

މަޤާމު:                    އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު:              01

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް:               ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް

ޢަސާސީ މުސާރަ ރޭންޖް:        5500.00ރ.

ސާރވިސް އެލަވަންސް:         1000.00ރ.

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ހުޅުމާލެ ބަސް ސަރވިސް/ ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް

ޝަރުޠު                   ބަސް ނުވަތަ ވޭން ދުއްވުމުގެ ލައިސަންސް ލިބިފައިވުން )  50ޕެސެންޖަރ )

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :   އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް  އަދި ޓްރާސްޕޯރޓްގެ ގަވާއިދާއި އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.

 

މަޤާމު:                   ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:             01

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:               ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް

މުސާރަ:                  4700.00ރ.

ސަރވިސް އެލަވަންސް:         1000.00ރ.

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:      ހުޅުމާލެ/މާލެ  ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް- ޓްރާންސްޕޯޓް ފޮރ މޯލްޑިވްސް

ޝަރުޠު:

ގްރޭޑް 10 ގެ ފެންވަރު ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާހުރުމާއެކު ޤާބިލުކަންހުރުން.

ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ ފެރީ ޓާރމިނަލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި އަދި މިފަދަ ތަންތަނުގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެދެވޭ ގޮތުގައި އެހީތެރިވުން.  

ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މި ތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަމްބަރ: 3221 332

އީމެއިލް:  [email protected]

ނޯޓު:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

6 ރަބީޢިލްއާޚިރު 1436

28 ޖަނަވަރީ 2015
ހޯދާ